ދުނިޔެ

އިނގިރޭސިވިލާތުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

އިނގިރޭސިވިލާތުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

ޣައްޒާގައި ބަނޑުހައިހޫނު ކަމުގެ ސަބަބުން ބަލިކަށިވެފައި ތިބި ތުއްތު ކުދިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖުލައި 2025، 10:12

26 ޖުލައި 2025، 10:12

ހުލާސާ


އިސްރާއީލުގެ ހަމަލާތަކާ ހިޞާރުގެ ސަބަބުން ބަނޑުހައިހޫނުކަން ތަހައްމަލްކޮށް ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޝަހީދުވަމުންދާތީ، ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަށް އިނގިރޭސި ވިލާތުން ޖޯޑަނާއެކު މަސައްކަތް ފަށައިފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވި ގޮތުގައި، ޣައްޒާގެ ކުޑަކުދިންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށްޓަކައި އެކުދިން އެތަނުން ނެރުމަށްވެސް މަސައްކަތް ކުރާނެކަމަށެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯނާއި ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިޗް މަރޒްއާއެކު ބޭއްވި ކުއްލި މަޝްވަރާއެއްގައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ދެ ކުޑަކުދިން ޝަހީދުވެފައިވާއިރު، މިހާތަނަށް ޖުމްލަ 127 މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި 85 ކުޑަކުދިން ހިމެނެއެވެ.

ނަމަވެސް، ޔޫ.އެން ފަލަސްތީނު ރެފިއުޖީ އޭޖެންސީ (އަންރުވާ) ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަކީ ޚަރަދު ބޮޑު، އަދި އެހާ ފައިދާހުރި ގޮތެއް ނޫން ކަމަށެވެ. އަދި މިފަދަ ގޮތަކަށް އެހީ ފޯރުކޮށްދިނުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގައި ތިބި ފަލަސްތީނުން މަރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ހަނގުރާމައާ ގުޅިގެން އިނގިރޭސިވިލާތުގައި ހަފްތާއަކު އެއްފަހަރު ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، ސަރުކާރުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަޑުޖައްސާލާފައިވާކަމަށް ބުނި ނަމަވެސް، އަދިވެސް ހަތިޔާރު ވިއްކަމުންދާކަމަށް ތުހުމަތު ކުރެވެއެވެ. މޭ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ސެޕްޓެމްބަރުގައި ހަތިޔާރު ވިއްކުން ހުއްޓާލި ފަހުން 8،630 ވައްތަރެއްގެ ހަތިޔާރު އިސްރާއީލަށް ވިއްކާފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން