Ads by Stelco

ޚަބަރު

ދިވެހިރާއްޖެއަކީ ދުނިޔޭގެ މަސްރަޙުގައި ޚާއްޞަ މަޤާމެއް ހޯދާފައިވާ ޤައުމެއް :އިންޑިއާގެ ބޮޑުވަޒީރު

ދިވެހިރާއްޖެއަކީ ދުނިޔޭގެ މަސްރަޙުގައި ޚާއްޞަ މަޤާމެއް ހޯދާފައިވާ ޤައުމެއް :އިންޑިއާގެ ބޮޑުވަޒީރު

ހިޒް އެކްސަލަންސީ ޝްރީ ނަރެންދުރަ މޯދީ ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2025، 07:06

26 ޖުލައި 2025، 07:06

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޝްރީ ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.  ބޮޑުވަޒީރު މޯދީ މިފަދައިން ވިދާޅުވީ އެމަނިކްފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށެވެ.

ބޮޑުވަޒީރު މޯދީ ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވާފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަަސް ފާހަގަކުރުމުގައި ބައިވެރިވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައެވެ. އަދި މި މުހިންމު މުނާސަބަތުގައި ދިވެހި ރައްޔިތުންގެ މުއްސަނދި ސަގާފީ ތަރިކައާއި ދިރުންހުރި ރޫޙު ފެނިގެން ދިޔަކަން އެމަނިކްފާން ފާހަގަކުރެއްވިއެވެ.



ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވާ ގޮތުގައި މި ދުވަހަކީ ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެ ބަދަލުވެގެން އައި ދަތުރުގެ ނިޝާނެއްވެސް މެއެވެ. ޒަމާންވީ ކަނޑުދަތުރުފަތުރުގެ އާދަކާދަތަކުން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ފަދަ މުހިންމު ދާއިރާތަކުގައި ދުނިޔޭގެ ލީޑަރޝިޕް ހޯދުމާ ހަމައަށް، ދިވެހިރާއްޖެ ވަނީ ދުނިޔޭގެ މަސްރަޙުގައި އަމިއްލަ ޚާއްޞަ މަޤާމެއް ހޯދާފައި ކަމަށް އެމަނިކްފާންގެ ޕޯސްޓުގައިވެއެވެ.


                    

Ads by MSS

މި ލިޔުން ކިޔާލުމުން