ދުނިޔެ
މަންޒިލް ވަރަށް ކައިރި: ހަންޟަލާގައި ދަތުރުކުރަމުންދާ އަލްޖަޒީރާގެ ނޫސްވެރިޔާ

ހަންޟަލާގެ ފަޅުވެރިން
މަންޒިލް ވަރަށް ކައިރިވެފައިވާ ކަމަށް ހަންޟަލާ އުޅަނދުގައި ދަތުރުކުރަމުންދާ އެކްޓިވިސްޓުން ބުނެފިއެވެ.
އިޓަލީގެ އެންޓޯނިއޯ ބުނި ގޮތުގައި ޣައްޒާއަށް ވަރަށް ކައިރިވެފައިވާއިރު، ސްޕެއިންގެ ސެންޓިއާގޯ ބުނެފައިވަނީ އެ ސަރަހައްދާ ދެމެދުގައި ކަނޑާއި، ހަތިޔާރާއި އަދި ސިފައިން ތިބިކަމަށެވެ.
އުޅަނދުގެ ކެޕްޓަން ހެނދުނުގެ ބައްދަލުވުމުގައި މަޢުލޫމާތު ދިންގޮތުގައި މެޑްލިން އުޅަނދު ހިފެހެއްޓި ސަރަހައްދާ ހަމައަށް ދިއުމަށް 150 ނޯޓިކަލް މޭލު ބާކީ އެބައޮތް ކަމަށެވެ. މިއާއެކު، އުޅަނދުގެ ކުރިމަގު އެނގުމަށް 20 ގަޑިއިރަށްވުރެ މަދު ވަގުތުކޮޅެއް ނަގާނެކަމަށްވެސް ބުނެފައިވެއެވެ.
އުޅަނދުގައި ދަތުރުކުރާ ފާހަގަކޮށްލެވޭ އެއް ފަރާތަކީ ނިއުޔޯކުގެ ޖޭކަބް ބާގަރއެވެ. އޭނާއަކީ އެމަރިކާގެ ޔަހޫދީއެއް ނަމަވެސް، އޭނާ އަމިއްލައަށް ކިޔަން ބޭނުންވަނީ "ފަލަސްތީނުގެ ޖޭކަބް" އެވެ. އޭނާއަކީ ރެޕް މިއުޒިޝަނެއް އަދި އެކްޓަރެއްވެސް މެއެވެ.
އުޅަނދުގައި ދަތުރުކުރާ އަނެއް މުހިންމު ފަރާތަކީ ބާސްކް ސަރަހައްދުން ސަރޖިއޯއެވެ. އޭނާއަކީ އުޅަނދުފަހަރުގެ މެކޭނިކަލް އިންޖިނިއަރެކެވެ. 40 ދުވަސްކުރިން ހަންޟަލާގައި ދަތުރުކުރުމަށްފަހު، އިސްރާއީލުގެ ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ.
އުޅަނދުގައި ދަތުރުކުރާ އަނެއް ފާހަގަކޮށްލެވޭ ފަރާތަކީ ބޮބްއެވެ. އޭނާއަކީ އެމެރިކަން ޔަހޫދީއެއް އަދި އިސްރާއީލު ޕާސްޕޯޓް އޮންނަ މީހެކެވެ. އަދި އޭނާގެ މައްޗަށް ޣައްދާރުވުމުގެ ދަޢުވާ އުފުލިދާނެކަމުގެ ބިރު އޮތްނަމަވެސް، ފަލަސްތީނަށް ތާއީދުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.
އުޅަނދުގައި 10 ޤައުމެއްގެ 21 މީހުން ދަތުރުކުރެއެވެ. މި ދަތުރުގެ ނަތީޖާ ކުރިއަށް އޮތް ގަޑިތަކުގައި އެނގިގެންދާނެއެވެ. އުޅަނދު އޭގެ މަންޒިލަށް ވާސިލުވާނެތޯ ނުވަތަ ހުރަސްތަކާ ކުރިމަތިލާންޖެހޭނެތޯ ވެސް އެނގިގެންދާނެއެވެ.