ދުނިޔެ

ޣައްޒާގެ ޙާލަތައް ރިޢާޔަތްކޮށް އިޒްރާއިލަށް ލިބޭ ބައިނަލްއަޤްވާމީ އެހީ ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް

ޣައްޒާގެ ޙާލަތައް ރިޢާޔަތްކޮށް އިޒްރާއިލަށް ލިބޭ ބައިނަލްއަޤްވާމީ އެހީ ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް

ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ޖުލައި 2025، 05:44

26 ޖުލައި 2025، 05:44

ޣައްޒާގެ ޙާލަތައް ރިޢާޔަތްކޮށް އިޒްރާއިލަށް ލިބޭ ބައިނަލްއަޤްވާމީ އެހީ ހުއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި ނޫހެއް ކަމަށްވާ ޓައިމްސް އިން ބުނެފިއެވެ. 

 ޓައިމްސް އިން ބުނެފައިވަނީ ޣައްޒާގައި ކާބޯތަކެތީގެ ތަދުމަޑުކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ސަރުކާރުން އިންސާނީ ހާލަތު ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އެހެންނޫންނަމަ، އިސްރާއީލަށް ލިބެމުންދާ ބައިނަލްއަޤްވާމީ އެހީތެރިކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ.

ޓައިމްސްގެ އެޑިޓޯރިއަލްގައި ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން ވަނީ ބަނޑުހައިހޫނުކަމާއި ނުރަނގަޅު ކެއުމުގެ ސަބަބުން ނިކަމެތި ޙާލަތަކަށް ވެއްޓިފައެވެ. ބަލިކަށި ހާލަތުގައި ތިބި މީހުންގެ ތެރެއިން ވަނީ ބައެއް މީހުން މަރުވާން ފަށާފައެވެ. އަދި އެހީގެ ތަކެތި ބެހުމުގެ މަރުކަޒުތަކުން ކާނާ ހޯދަން މަސައްކަތްކުރި ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް މީހުންނަށް ވަނީ އަނިޔާވެފައެވެ.

މި ހާލަތަކީ 21 ވަނަ ގަރުނުގައި، ޑިމޮކްރެޓިކް ޤައުމެއްގެ ބާރުގެ ދަށުގައިވާ ސަރަހައްދެއްގައި، މުޅި ދުނިޔެ ބަލަހައްޓައިގެން ތިއްބާ ހިނގަމުންދާ ކަމެއްކަން ޓައިމްސްއިން ފާހަގަކޮށްފައިވެއެވެ. އަދި މިކަން މިގޮތަށް ކުރިއަށް ގެންދެވޭނެ ކަމަކަށް ނުވާނެ ކަމަށާއި، "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އިން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ވަރަށް ދެރަކޮށް ކަމަށް އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ.

އެހީގެ ތަކެތި މަދުވުމާއި އެއަށް ވާސިލުވުމުގެ ދަތިކަމަކީ ހަމަނުޖެހުމަށް މަގުފަހިވާނެ ކަމެއް ކަމަށް ޓައިމްސްއިން ބުނެފައިވެއެވެ. ކާބޯތަކެއްޗަށް ބޭނުންވެފައިވާ ފަލަސްތީނުގެ ރައްޔިތުން އެހީ ހޯދަން ދާއިރު، އިސްރާއީލީ ސިފައިން ހަމަލާދީ، މީހުން މަރާލަމުންދާކަން ފާހަގަކޮށްފައިވެއެވެ.

އޮކްޓޯބަރު 2023 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން މި ހާލަތު މިހިސާބަށް ގޮސްފައިވާއިރު، އިސްރާއީލުގެ ސަރުކާރުގެ ހައްދުފަހަނައަޅާފައިވާ ވަޒީރުންގެ ސިޔާސަތުތަކަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އަޅާނުލާ، އިންސާނީ ހައްޤުތަކާ ޚިލާފު، އަދި ދުނިޔޭގެ ޢާންމު ވިސްނުމާ ފުށުއަރާ ސިޔާސަތުތަކެއް ކަމަށް ޓައިމްސްއިން ވަނީ ފާހަގަކޮށްފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން