ޚަބަރު
ބޮޑުވަޒީރު މޯދީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފި

އިންޑިއާގެ ބޮޑު ވަޒީރު ގަސް އިންދެވުން، ފޮޓޯ: ޕީއެސްއެމް
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގެންފިއެވެ.
ބޮޑުވަޒީރު މޯދީ މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގައި ކުރިޔަށްގެންދަވާ 5 މިލިއަން ގަސްއިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ގަސް އިންދެވީ ސަލްޓަންޕާކުގައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިޔަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ "ކޮޕް28" ބައްދަލު ކުރެއްވުމުގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވާފައި ވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.
މި ޕްރޮގްރާމުގެ ދަށުން މިހާރު ރާއްޖޭގައި 595،000 ގަސް އިންދާފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި މި އަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަނީ ކަނޑައަޅާފައެވެ.