Ads by Stelco

ޚަބަރު

އިންޑިއާއިން ޕޯޓަބަލް ދެ ހޮސްޕިޓަލް ރާއްޖެއަށް ހަދިޔާކޮށްފި

އިންޑިއާއިން ޕޯޓަބަލް ދެ ހޮސްޕިޓަލް ރާއްޖެއަށް ހަދިޔާކޮށްފި

އިންޑިއާއިން ޕޯޓަބަލް 2 ހޮސްޕިޓަލް ރާއްޖެއަށް ހަދިޔާކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ޖުލައި 2025، 09:17

25 ޖުލައި 2025، 09:17

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޕޯޓަބަލް ދެ ހޮސްޕިޓަލް ރާއްޖެއަށް ހަދިޔާކުރައްވައިފިއެވެ.

"އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ނަމަކަށް ކިޔާ މި ޕޯޓަބަލް ހޮސްޕިޓަލަކީ އެއްތަނުން އަނެއްތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްޤީކުރި މީގެ ފުރަތަމަ ކިއުބުކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްޤީއަށް އިންޑިއާއިން މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޕޯޓަބަލް މި ހޮސްޕިޓަލުގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރ، ޕަވަރ ޖަނަރޭޓަރ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ.  މި ކިއުބް ތައްޔާރުކޮށްފައިވަނީ ކާރިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ޚިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށެވެ. 

އަދި މިއީ މެދުނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ. ހެލިކޮޕްޓަރާއި އަދި ޕެރަޝޫޓްގައި ވެސް ކޮންމެ ސަރަހައްދަކަށް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ 12 މިނެޓުކަމަށް ވެއެވެ.

މި ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތަށް ރިޢާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ އިންޑިއާއިން ހަދިޔާކުރާ މި ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ އެ ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސްގެ ފަރާތުންކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން