Ads by Stelco

ޚަބަރު

ލ އަތޮޅުގައިވެސް އައިޑިކާޑު ޕްރިންޓު ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށައިފި

ލ އަތޮޅުގައިވެސް އައިޑިކާޑު ޕްރިންޓު ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށައިފި

ލ.އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށައިފި

farudhun logo

ފަރުދުން

24 ޖުލައި 2025، 11:03

24 ޖުލައި 2025، 11:03

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމު ސިޔާސަތުގެ ދަށުން ލ އަތޮޅުގައިވެސް އައިޑިކާޑު ޕްރިންޓު ކުރުމާއި ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. 

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ލ. އަތޮޅުގައި ފެށުމާއެކު އެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ.



ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި ވައުދު ފުއްދުމަށްޓަކައި، އައިޑީ ކާޑްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ޚިދުމަތް ދިނުމަށް ދާޚިލީ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެއްސެވިއެވެ. މީގެ އިތުރުން، ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތްވެސް ތަޢާރަފްކުރެވުނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން