ދުނިޔެ

ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު ހަނުހުންނަ ކޮންމެ ފަރާތަކީ އިސްރާއީލްގެ ޖަރީމާތަކުގައި ބައިވެރިވާ ފަރާތެއް: އުރްދުޣާން

ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު ހަނުހުންނަ ކޮންމެ ފަރާތަކީ އިސްރާއީލްގެ ޖަރީމާތަކުގައި ބައިވެރިވާ ފަރާތެއް: އުރްދުޣާން

ރަޖަބް ޠައްޔިބް އުރްދުޣާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖުލައި 2025، 05:06

22 ޖުލައި 2025، 05:06

 ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު ހަނުހުންނަ ކޮންމެ ފަރާތަކީ އިސްރާއީލްގެ ޖަރީމާތަކުގައި ބައިވެރިވާ ފަރާތެއް ކަމަށް  ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އަރުދޫގާން މިއަދު ވިދާޅުވެއްޖެއެވެ. 

އަދި ޣައްޒާގައި ހިނގަމުންދާ "ނަސްލު މުލުގެ" ޢަމަލުތައް ހުއްޓުވުމަށާއި ހިޞާރުކޮށްފައިވާ ސަރަޙައްދަށް އެހީ ފޯރުކޮށްދިނުމަށް އެ ޤައުމުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އުރްދުޣާންގެ ވާހަކަފުޅުގައި ވިދާޅުވީ، މި ޖަރީމާތަކާ މެދު ހަނުހުރުމުގެ ސަބަބުން އަދަބު ލިބޭނީ ހަމައެކަނި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް އެކަނި ނޫން ކަމަށެވެ. އެ އަދަބު ހަނުހުންނަ ކޮންމެ ފަރާތަކަށްވެސް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޣައްޒާގައި ހިނގަމުންދާ ކަންތައްތައް މިހާރު ފުދެއްޖެ. ހަނުހުރުން މިހާރު ޤަބޫލުކުރެވޭނެ ކަމެއް ނޫން. އިންސާނީ ޟަމީރު މިހާރު ހޭލަންވެއްޖެ،" އަރުދޫގާން ވިދާޅުވިއެވެ.

ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ މެދު ސާފު އިންސާނީ މައުޤިފެއް ނެގުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވަމުން، އެތަނުގައި "އިންސާނިއްޔަތުކަން މަރުވަމުންދާ" ކަމަށާއި، މިކަމާ މެދު އަޚްލާޤީ މައުޤިފެއް ހުރިހާ ފަރާތްތަކުންވެސް ދައްކަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޣައްޒާއަށް ކުއްލި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ތުރުކީން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވަމުން، އިސްރާއީލުން ކުރަމުންދާ ކަންތައްތަކާ ބެހޭ ގޮތުން އަޅުގަނޑުމެން ވާހަކަ ދައްކަމުން ގެންދާނެކަމަށާއި އެމީހުން ކުރަމުންދާ ކަންތައްތައް ނާޒީން ކުރި ކަންތައްތަކަށްވުރެ މާ ބޮޑުވެއްޖެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު މުލުގެ ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 195,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ އަދި ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 10,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، އެތައް ހާސް މީހުން ނިކަމެތި ޙާލުގައި ހިޖުރަކޮށްފައިވެއެވެ.

 

 


 

Ads by MSS

މި ލިޔުން ކިޔާލުމުން