ދުނިޔެ

ޔުރޭނިއަމް މުއްސަނދިކުރުން ދާނީ ކުރިއަށް، މަޝްވަރާތަކަށް އޮތީ ހުޅުވާލެވިފަ: އީރާން

ޔުރޭނިއަމް މުއްސަނދިކުރުން ދާނީ ކުރިއަށް، މަޝްވަރާތަކަށް އޮތީ ހުޅުވާލެވިފަ: އީރާން

އީރާންގެ ދާޚިލީ ވަޒީރު އައްބާސް އަގަރްޗީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ޖުލައި 2025، 11:10

22 ޖުލައި 2025، 11:10

 އީރާންގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ޕްރޮގްރާމް ދޫކޮށްނުލެވޭނެ ކަމަށް އެ ޤައުމުގެ ދާޚިލީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

 އެމެރިކާ އާއި އިސްރާއީލުން ދާދި ފަހުން ދިން ވައިގެ ހަމަލާތަކުން ބޮޑެތި ގެއްލުންތަކެއް ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

"މިހާރު މި ޕްރޮގްރާމް ވަނީ ހުއްޓިފައި. އެއީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ. އެހެންނަމަވެސް، މިއީ އަޅުގަނޑުމެންގެ ސައިންޓިސްޓުންގެ ކާމިޔާބީއެއް. އަދި މިހާރު މިއީ ޤައުމީ ފަޚުރުގެ މައްސަލައަކަށްވެސް ވެފައިވާތީ، މި ޕްރޮގްރާމް ދޫކޮށްލެވޭކަށް ނެތް،" އަރަގްޗީ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާން ތައްޔާރަށް ހުރި ކަމަށާއި، ނަމަވެސް މިވަގުތު ސީދާ މަޝްވަރާތަކެއް ނުކުރެވޭނެ ކަމަށް އެ ވަޒީރު ވިދާޅުވިއެވެ. އީރާންގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމެއްކަން ސާބިތުކޮށްދިނުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅަން ތައްޔާރަށް ތިބި ކަމަށާއި، އޭގެ ބަދަލުގައި އެމެރިކާއިން ދަނީ ތަންފީޒުކުރަމުން ގެންދާ ދަތިތައް ނައްތާލުމަށް އެދޭ ކަމަށްވެސް ވަޒީރު އަރަގްޗީ ވިދާޅުވިއެވެ.

އީރާންގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއާއެކު ކުރިން ވެފައިވާ އެއްބަސްވުން (ޖޭސީޕީއޯއޭ) އިން އެމެރިކާ ވަކިވުމަށްފަހު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރުވެފައިވެއެވެ. މިއަހަރުގެ ޖޫން މަހު އިސްރާއީލުން ދިން ހަމަލާތަކުގައި އީރާންގެ 900 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުގެ 28 މީހުން ވަނީ މަރުވެފައެވެ.

އީރާންގެ އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަނުން މިހާރު ދަނީ ހަމަލާތަކުން ލިބުނު ގެއްލުންތައް ދިރާސާކުރަމުންނެވެ. އަދި އެ ހޯދުންތައް އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އަށް ވަރަށް އަވަހަށް އަންގާނެ ކަމަށް އަރަގްޗީ ވިދާޅުވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން