ދުނިޔެ

އިސްރާއީލުން ހުދައިދާ ބަނދަރަށް ހަމަލާދީ، ހޫތީންނަށް އިންޒާރު ދީފި

އިސްރާއީލުން ހުދައިދާ ބަނދަރަށް ހަމަލާދީ، ހޫތީންނަށް އިންޒާރު ދީފި

އިސްރާއިލުން ހުދައިދާއަށް ދިން ހަމަލާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖުލައި 2025، 03:18

21 ޖުލައި 2025، 03:18

ޔަމަނުގެ ހުދައިދާ ބަނދަރުގައި ހުރި ވަސީލަތްތަކަށް އިސްރާއީލުން މިއަދު ހަމަލާދީފިއެވެ.

 އިސްރާއީލް ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މިހަމަލާ ދީފައިވަނީ ހޫތީންގެ އިންފްރާސްޓްރަކްޗަރ އަލުން ޤާއިމްކުރުން ހުއްޓުވުމަށް މި ހަމަލާ ދީފައިވާ ކަމަށެވެ.

އިސްރާއީލް ސިފައިންގެ ފަރާތުން ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ ތެޔޮ ޓޭންކުތަކާއި، އިންފްރާސްޓްރަކްޗަރ މަރާމާތުކުރުމަށް ބޭނުންކުރާ އިންޖިނިއަރިންގ އާލާތްތަކަށެވެ. އަދި ހޫތީން ހަނގުރާމަވެރި ބޭނުންތަކަށް ބޭނުންކުރާ އުޅަނދުފަހަރަށްވެސް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލްގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްސް ވިދާޅުވެފައިވަނީ "ޔަމަނުގައި ހޫތީންގެ އިންފްރާސްޓްރަކްޗަރ އަލުން ޤާއިމްކުރުމުގެ މަސައްކަތް ހުއްޓުވުމަށް ވަރުގަދައަށް މަސައްކަތްކުރަމުންދާ" ކަމަށެވެ. އަދި ޔަމަނުގެ ކުރިމަގު އޮންނާނީ އީރާނުގެ ކުރިމަގު ފަދައިން ކަމަށާއި، އިސްރާއީލަށް މިސައިލް ދޫކުރުމުގެ ސަބަބުން ހޫތީން "ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް އިންޒާރުދެއްވިއެވެ.

މީގެ ކުރިން، ވޭތުވެދިޔަ ހުކުރު ދުވަހު ހޫތީން ވަނީ "ފަލަސްޠީން 2" ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް ހަމަލާއެއް ތެލްއަވީވްގެ ބެން ގޫރިއަން އެއަރޕޯޓަށް ދީފައެވެ. އިސްރާއީލުން ބުނެފައިވަނީ މި މިސައިލް އިންޓަރސެޕްޓް ކުރެވުނު ކަމަށެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާ ގުޅިގެން، "ޣައްޒާއަށް ނަޞްރު ދިނުމުގެ" ގޮތުން ހޫތީން ވަނީ އިސްރާއީލަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތައް ދީފައެވެ.

ކްރައިސިސް ގްރޫޕްގެ ޔަމަން ކަންތައްތަކުގެ އިސް ދިރާސާވެރިއެއް ކަމަށްވާ އަހްމަދު ނާޖީ ވިދާޅުވެފައިވަނީ އިސްރާއީލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހޫތީންގެ ހަނގުރާމަވެރި ޤާބިލިއްޔަތުތަކާ ބެހޭ އިންޓެލިޖެންސް މަޢުލޫމާތު މަދުކަމުން، އަމާޒުކުރާނެ ތަންތަން ދެނެގަތުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު އިސްރާއީލުން އަމާޒުކުރަނީ ބަނދަރުތަކާއި، ވައިގެ ބަނދަރުތަކާއި، ކަރަންޓު މަރުކަޒުތައް ފަދަ ބޮޑެތި ވަސީލަތްތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން