ކުޅިވަރު / ޚަބަރު

ޗައިނާއިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާއިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާގެ ފުޖިއާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ހަދިޔާކުރާ ކުޅިވަރުގެ ސާމާނުގެ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ޖުލައި 2025، 09:24

20 ޖުލައި 2025، 09:24

ޗައިނާގެ ފުޖިއާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބާސެލޯ ނަސަންދުރައިގައި މިއަދު މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރު ވަޒީރު އަބުދުالله ރާފިޢުއެވެ. އަދި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ގަވަރނަރ އޮފް ފުޖިއަން ޕްރޮވިންސް، ވެއި ޝިއައޮކުއިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ކުޅިވަރު ސާމާނު ހަދިޔާކުރުމުގެ އިތުރުން، މީހުން ބިނާކުރުމުގައިވެސް ޙާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ ޗައިނާގެ ފުޖިއާން ޕްރޮވިންސުން ވެދެއްވާ އެހީތެރިކަމަށް ޝުކުރުދަންނަވާފައެވެ. 

ކުޅިވަރުގެ ސާމާނު ހަދިޔާކުރުމުގެ އިތުރުން އެ ދާއިރާއިން އިތުރު އެހީތަކެއް ވެސް ޗައިނާއިން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ޗައިނާއިން ވަނީ ވޮލީ ބޯޅަ ކޯޗުން ތަމްރީނުކޮށްދިނުމަށާއި، ބާސްކެޓް ކޯޗުންނާއި ކުޅުންތެރިން ތަމްރީނުކުރުމަށާއި އަދި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް އެހީތެރިވެދީފައެވެ.

ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅީވަރު ސާމާނުގެ ތެރޭގައި ޓޭބަލްޓެނިސް މޭޒާއި ޖޯޒީ އާއި އަދިވެސް އެހެނިހެން ސާމާނު ހިމެނެއެވެ. މިއަހަރުގެ ކުރީކޮޅުވެސް ފުޖިއާން ޕްރޮވިންސުން ވަނީ ރާއްޖެއަށް ބައެއް ސާނާމު ހަދިޔާކޮށްފައެވެ. އެފަހަރު ހަދިޔާކުރީ އެތްލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފުޓްބޯޅަ އާއި ގުޅުންހުރި ސާމާނެވެ. އޭގެތެރެއިން ބައެއް ތަކެތި މިހާރު ބޭނުން ކުރަމުން އަންނަނީ ރަށްރަށުގައެވެ.

ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާއި ދެމެދު މިއަހަރުގެ ފެބުރުއަރީމަހު ވަނީ ފަހުމުނާމާއެއްގައި ސޮއި ކޮށްފައެވެ. މި ފަހުމުނާމާގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވުމަށް ހިމަނާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން