ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު ބިސްކަޓްލަސް އުފައްދައި ރެކޯޑް މުގުރާލައިފި!

ދުނިޔޭގެ އެންމެ ބޮޑު ބިސްކަޓްލަސް އުފައްދައި ރެކޯޑް މުގުރާލައިފި!

ދުނިޔޭގެ އެންމެ ބޮޑު ބިިސް ކަޓްލަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 11:32

20 ޖުލައި 2025، 11:32

ދުނިޔޭގެ އެންމެ ބޮޑު ސްކޮޗް އެގް ނުވަތަ ބިސްކަޓްލަސް ތައްޔާރުކޮށް، ބްރިޓިޝް ޝެފުންތަކެއް ވަނީ ތާރީޚްގެ ތެރެއަށް ގޮސްފައެވެ. މި ކާމިޔާބީ ހާސިލްކޮށްފައިވަނީ ޔޫކޭގައި މަޝްހޫރު ސޯޝަލް މީޑިއާ ޝެފުން ކަމަށްވާ ފީނިކްސް ރާސް އާއި އޮލީ ޕީޓަސަން އެވެ.

މި ދެ ޝެފުންގެ މަސައްކަތުން ވަނީ 20 އަހަރު ދުވަހުގެ ރެކޯޑެއް މުގުރާލާފައެވެ. ކުރީގެ ރެކޯޑު އޮތީ 13 ޕައުންޑް 10 އައުންސް (ގާތްގަނޑަކަށް 6.18 ކިލޯގްރާމް) ގެ ބަރުދަނަކަށެވެ. ނަމަވެސް މިހާރު ތައްޔާރުކުރި ބިސްކަޓްލަހުގެ ބަރުދަނަކީ 17 ޕައުންޑް 3.84 އައުންސް (ގާތްގަނޑަކަށް 7.82 ކިލޯގްރާމް) އެވެ. މި ބޮޑު ބިސް ކަޓްލަސް ވަނީ ގިނެސް ވޯލްޑް ރެކޯޑްސްއިން ރަސްމީކޮށް ޖާގަ ހޯދާފައެވެ.

މި ސްކޮޗް އެގް ތައްޔާރުކުރުމަށް ޝެފުން ބޭނުންކޮށްފައިވަނީ އޮސްޓްރިޗް ގެ  ބިހެކެވެ. މި ބިސް ސޮސެޖް މީޓުން ރަނގަޅަށް ބަންދުކުރުމަށްފަހު، ދެފަށަށް ބްރެޑްކްރަމްބް އަޅައި، ވަނީ ތެލުލާފައެވެ.

ޝެފުން ހާމަކުރި ގޮތުގައި، ފުރަތަމަ ފަހަރު މިކަން ކާމިޔާބު ނުވިއެވެ. ތައްޔާރުކުރަމުން ދަނިކޮށް ބިސް ރެނދުލައި ފަޅަފަޅައިގެން ދިއުމުން، އެމީހުންގެ ފުރަތަމަ މަސައްކަތް ނާކާމިޔާބުވީއެވެ. ނަމަވެސް އެމީހުން ހިތްވަރު ދޫނުކޮށް އަނެއްކާވެސް މަސައްކަތްކުރިއެވެ. މިފަހަރު ކާމިޔާބުކަމާއެކު ރެކޯޑު މުގުރައިލިއެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން