Ads by Stelco

ޚަބަރު

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޒަމާނީކުރަން 'ކުންބުޓި ޕޯޓަލް' ޓެސްޓަށް ހުޅުވައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޒަމާނީކުރަން 'ކުންބުޓި ޕޯޓަލް' ޓެސްޓަށް ހުޅުވައިފި

'ކުންބުޓި ޕޯޓަލް'

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 08:53

20 ޖުލައި 2025، 08:53

ކުޅުދުއްފުށި ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެދިލެއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އުފައްދާފައިވާ ޚާއްސަ ޕޯޓަލް، "ކުންބުޓި ޕޯޓަލް" ޓެސްޓުކުރުމަށް މިއަދު ހުޅުވާލައިފިއެވެ.

މި ޕޯޓަލް ހުޅުވާލާފައިވަނީ ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ކައުންސިލްގެ ހިދުމަތްތައް ލިބިގަތުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ. މިވަގުތު މި ޕޯޓަލް މެދުވެރިކޮށް، ކައުންސިލުން ފޯރުކޮށްދޭ 7 ހިދުމަތަކަށް އޮންލައިންކޮށް އެދިލެއްވޭނެއެވެ.



މި މަޝްރޫއަކީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ "ސްމާޓް ކައުންސިލް" ސިޔާސަތުގެ ދަށުން، ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ޒަމާނީކޮށް ރައްޔިތުންނާ ގާތަށް ހިދުމަތްތައް ގެނައުމަށް ހިންގޭ މުހިންމު މަޝްރޫއުއެކެވެ. މި ޕޯޓަލްގެ ސަބަބުން ރައްޔިތުންނަށް ކައުންސިލްގެ ހިދުމަތްތައް ލިބިގަތުމަށް ދަތުރުކުރުމުގެ ބޭނުން ނުޖެހި، ގޭގައި ތިބެގެން ނުވަތަ ކޮންމެ ތަނެއްގައި ތިބެގެންވެސް އެދެވޭނެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، ކުރިއަށް އޮތްތަނުގައި މި ޕޯޓަލް މެދުވެރިކޮށް މި އިދާރާއިން ފޯރުކޮށްދޭ ޖުމްލަ 33 ހިދުމަތަކަށް އެދިލެއްވޭނެ އިންތިޒާމް ހަމަޖައްސާނެއެވެ. މިއީ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން