Ads by Stelco

ޚަބަރު

ސްޓޫޑެންޓް ލޯނު ސްކީމް: 2025 ވަނަ އަހަރު 282 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ސްޓޫޑެންޓް ލޯނު ސްކީމް: 2025 ވަނަ އަހަރު 282 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ރާއްޖޭގެ ދަރިވަރުންގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ޖުލައި 2025، 08:45

20 ޖުލައި 2025، 08:45

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާ (މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް) އިން ހާމަކުރައްވާފައިވާ ގޮތުގައި، 2024-2025 ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކީމްތަކުގެ ދަށުން ދެމުންގެންދާ ސްޓޫޑެންޓް ލޯނު ސްކީމްގެ ދަށުން 2025 ވަނަ އަހަރު މިހާތަނަށް 282 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވެއެވެ. މި މައުލޫމާތު ހިމެނޭ ތަފާސް ހިސާބު މިނިސްޓްރީން ރަސްމީކޮށް އާންމުކޮށްފައިވަނީ މިއަދުއެވެ.

ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ސްކީމް ފެށުނު ފަހުން މިހާތަނަށް ދޫކޮށްފައިވާ ޖުމްލަ އަދަދު ވަނީ 982.7 މިލިއަން ރުފިޔާއަށް އަރާފައެވެ. ހަމައެކަނި 2025 ވަނަ އަހަރަށް ބަލާއިރު، ދިވެހި ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީތެރިވުމަށް 282,369,322.43 ރުފިޔާ ދޫކޮށްފައިވެއެވެ.
މިހާތަނަށް ސްކީމުގެ ދަށުން އެހީތެރިކަން ދެވުނު ދަރިވަރުންގެ މައިގަނޑު ތަފާސްހިސާބުތައް:

މިހާތަނަށް ފައިސާގެ އެހީ ދެވިފައިވާ ދަރިވަރުން: 1,151

ފިރިހެން: 543
އަންހެން: 608


މިހާތަނަށް ގްރެޖުއޭޓްވެފައިވާ ދަރިވަރުން: 863

ފިރިހެން: 500
އަންހެން: 363


2025 ވަނަ އަހަރަށް ބަލާއިރު، މިނިސްޓްރީން ވަނީ އިތުރު 274 ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެތެރޭގައި 112 ފިރިހެން ދަރިވަރުންނާއި 162 އަންހެން ދަރިވަރުން ހިމެނެއެވެ. އަދި މި އަހަރުގެ ތެރޭގައި 281 ދަރިވަރުން ގްރެޖުއޭޓްވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.



ފާހަގަކޮށްލެވޭ ގޮތުގައި، 2025 ވަނަ އަހަރު މި ސްކީމުގެ ދަށުން މިހާރުވެސް 1,642 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އޭގެތެރެއިން 978 އަންހެން ދަރިވަރުންނާއި 664 ފިރިހެން ދަރިވަރުން ހިމެނެއެވެ.


                    

Ads by MSS

މި ލިޔުން ކިޔާލުމުން