ޚަބަރު
ގަދަ ވަޔާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަންގެ ކުޑަ ދޮރެއް ވެއްޓިއްޖެ

މާފަންނުގައި އިންނަ ފުލުހުންގެ ސްޓޭޝަނެއް
މާލޭގައި ހުންނަ މާފަންނު ޕޮލިސް ސްޓޭޝަންގެ ކުޑަ ދޮރެއް، ގަދަ ވަޔާ ގުޅިގެން ވެއްޓިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ވަނަ މިއަދު، ގާތްގަނޑަކަށް 11:57 ހާއިރުއެވެ.
ޕޮލިހުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބަލަންޖެހޭ ކަންކަން މިހާރުވެސް ދަނީ ބަލަމުންނެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދެވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާތީ، އެ ސަރަހައްދުތަކުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ރާއްޖޭގެ ބޮޑުބަަޔަކަށް 45 މޭލަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން ރޭގަނޑު 21:30 ހާހަމައަށްށެވެ.