ދުނިޔެ

ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ބާލައި އެހެން ޤައުމުތަކަށް ބަދަލުކުރުމަށް އިސްރާއިލާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަނީ

ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ބާލައި އެހެން ޤައުމުތަކަށް ބަދަލުކުރުމަށް އިސްރާއިލާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރަނީ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖުލައި 2025، 02:00

19 ޖުލައި 2025، 02:00

ޣަައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ބާލައި އެހެން ޤައުމުތަކަށް ބަދަލުކުުރުމަށް އިސްރާއިލާއި އެމެރިކާ ގުޅިގެން މަަސައްކަތް ކުރާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. 

އިސްރާއީލްގެ މޮސާދް އިންޓެލިޖެންސް އޭޖެންސީގެ އިސްވެރިޔާ ޑޭވިޑް ބަރނެއާ ވަނީ މިދިޔަ ހަފްތާގައި ވޮޝިންގްޓަނަށް ޒިޔާރަތްކޮށް، ޣައްޒާގެ ފަލަސްތީނު ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް އެމެރިކާގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކޮށްފައެވެ. 

އެކްސިއޯސް މެދުވެރިކޮށް ލިބުނު މައުލޫމާތުގައިވާ ގޮތުން، ބަރނެއާ ވަނީ އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް، ސަތޭކަ ހާސް އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޣައްޒާއިން ނެރުމަށްޓަކައި އެހެން ގައުމުތަކުގެ އެއްބާރުލުން ހޯދުމަށް އެހީތެރިވުމަށް އެދިފައެވެ.

ބަރނެއާ ވަނީ އެމެރިކާގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޮފްއާ ބައްދަލުކޮށް، އިތިއޯޕިއާ، އިންޑޮނޭޝިއާ އަދި ލިބިޔާއާއެކު ފަލަސްތީނު ރައްޔިތުން އެ ޤައުމުތަކަށް ބަދަލުކުރުމާ ގުޅޭގޮތުން ސިއްރު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ބުނެފައެވެ. މަޢުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި މި ޤައުމުތަކުން ވަނީ މި ހުށަހެޅުމާމެދު ފުރަތަމަ އޮޅުންފިލުވުމުގެ ގޮތުން ޝައުޤުވެރިކަން ފާޅުކޮށްފައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ޕްލޭނާ ގުޅޭގޮތުން ވައިޓް ހައުސްއަށް ކުރި ފަހުގެ ޒިޔާރަތެއްގައި މަޝްވަރާކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޣައްޒާއިން ފަލަސްތީނުން ބަދަލުކުރުމަށް އެހީތެރިވާނެ ތިންވަނަ ޤައުމުތަކެއް ހޯދުމަށް އެމެރިކާއާއެކު "ގާތުން" މަސައްކަތްކުރަމުންދެއެވެ.

 ނަތަންޔާހޫ ބުނި ގޮތުގައި ޣައްޒާއިން ފުރަން ބޭނުންވާ މީހުންނަށް އެކަމުގެ "މިނިވަންކަން" ލިބެންވާނެއެވެ.

އެހެންނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުންނާއި އިންސާނީ ހައްގުތަކުގެ ޖަމާއަތްތަކުން ބުނާ ގޮތުގައި މިފަދަ ބަދަލުކުރުމަކީ ހަނގުރާމައިގެ ކުށެކެވެ. އެމެރިކާއިން ވަނީ އެއްވެސް ނަސްލީ ސާފުކުރުމުގެ ޕްލޭނެއްގައި ބައިވެރިވާކަން ދެކޮޅަށް ހަދާފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ ޖަރީމާގެ ތެރެއިން 196,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ފަލަސްތީނުގެ މުގާވަމަތުން ވަނީ ޣައްޒާއިން ފަލަސްތީނުން ނެރުމުގެ އެއްވެސް މަސައްކަތަކަށް ދެކޮޅު ހަދާނެކަން އިއުލާންކޮށްފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން