ދުނިޔެ

އެމެރިކާގެ ހުށައެޅުމުގައި އޮތަސް ހިޒްބުﷲ އިން ހަތިޔާރު ނުބަހައްޓާނެ ކަމަށް އެޖަމާޢަތުން ބުނެފި

އެމެރިކާގެ ހުށައެޅުމުގައި އޮތަސް ހިޒްބުﷲ އިން ހަތިޔާރު ނުބަހައްޓާނެ ކަމަށް އެޖަމާޢަތުން ބުނެފި

ހިޒްބުއްﷲގެ ޑެޕިޔުޓީ ލީޑަރ ނަޢީމް ޤާސިމް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ޖުލައި 2025، 01:21

19 ޖުލައި 2025، 01:21

ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމަށް އެމެރިކާގެ ހުށައަޅުމުގައި އޮތަސް އެޖަމާޢަތުން ހަތިޔާރު ނުބަހައްޓާނެ ކަމަށް އެޖަމާޢަތުން ބުނެފިއެވެ.

ހިޒްބުﷲގެ ނައިބު ލީޑަރު ނަޢީމް ޤާސިމް ވިދާޅުވެފައިވަނީ އެމެރިކާއިން ލުބުނާނުގެ ވެރިންނަށް ހުށަހެޅި ހުށަހެޅުމުގައިވާ ގޮތަށް އެ ޖަމާއަތުން ހަތިޔާރު ދޫކޮށްނުލާނެ ކަމަށެވެ.

ހުކުރު ދުވަހު ވީޑިއޯ މެސެޖެއްގައި ޤާސިމް ވިދާޅުވީ ލުބުނާނުގައި "މުގާވަމާ" (ދިފާއީ ބާރު) ނެތްނަމަ އިސްރާއީލުގެ އަސްކަރިއްޔާ އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. "އަހަރެމެން އިސްރާއީލަށް ބިރުން ދޫކޮށްނުލާނަން. އިސްރާއީލަށް އަހަރެމެންގެ ހަތިޔާރުތައް އަތުލައެއް ނުގަނެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ މަހު އެމެރިކާގެ ޑިޕްލޮމެޓް ތޯމަސް ބެރެކް ވަނީ ލުބުނާނާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ހޯދުމަށް މަސައްކަތް ކުރައްވާފައެވެ. މި އެއްބަސްވުމުގައި ހިމެނެނީ ލުބުނާނުގެ ހަތިޔާރު ގެންގުޅޭ ޖަމާއަތްތައް ހަތިޔާރު ދޫކޮށްލުމެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވިދާޅުވެފައިވަނީ އިސްރާއީލުގެ ނުރައްކާ އޮތްކަމުގައި ވިޔަސް، އެމެރިކާގެ ހުށަހެޅުމަކީ އިސްރާއީލު އެ ސަރަހައްދުން ފައިބައިގަތުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. އަދި 2000 ވަނަ އަހަރު ދެކުނު ލުބުނާން އިސްރާއީލުގެ އަތްދަށުން މިނިވަންކުރުމުގައި ހިޒްބުﷲގެ ހަތިޔާރުތަކުގެ ދައުރު ފާހަގަކުރެއްވި ނަމަވެސް، މިހާރު އެ ހަތިޔާރުތައް ހުންނަންވާނީ ލުބުނާނު ދައުލަތުގެ ބާރުގެ ދަށުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ޤާސިމް ވިދާޅުވެފައިވަނީ ލުބުނާނަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތުގައި އެންމެ އިސްކަމެއް ދޭންވާނީ ދައުލަތަށް ހަތިޔާރުގެ މޮނޮޕޮލީ ދިނުމަށްވުރެ، މި ނުރައްކާތެރި ހާލަތާ ކުރިމަތިލުމަށް ކަމަށެވެ. "މި ނުރައްކާ ހައްލުކުރުމަށްފަހު، އަހަރެމެން ތައްޔާރަށް ތިބޭނަން ދިފާއީ ނުވަތަ ގައުމީ ސަލާމަތީ ސްޓްރެޓެޖީއަކާ މެދު މަޝްވަރާކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން