ދުނިޔެ

އިސްރާއީލުން ސީރިއާގެ ލާޒިކިއާގެ ސިފައިންގެ ދެ ލަޝްކަރަކަށް ހަމަލާދީފި

އިސްރާއީލުން ސީރިއާގެ ލާޒިކިއާގެ ސިފައިންގެ ދެ ލަޝްކަރަކަށް ހަމަލާދީފި

އިސްރާއިލުން ސީރިއާ އަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ޖުލައި 2025، 04:06

17 ޖުލައި 2025، 04:06

ސީރިއާގެ އުތުރު-ހުޅަނގު ސަރަހައްދުގައި ހިމެނޭ ލާޒިކިއާގެ ބަޒާމިލް ރަށުގައި ހުރި 107 އަދި 132 ވަނަ ލަޝްކަރުގެ މައި މަރުކަޒަށް އިސްރާއީލުން ބުރާސްފަތި ދުވަހުގެ ފަތިހު ހަމަލާދީފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލުން ބުދަ ދުވަހު ދިމިޝްގުގައި ހުރި ދިފާއީ ވުޒާރާ އާއި ސިފައިންގެ މައި މަރުކަޒު އަދި ރިޔާސީ ގަނޑުވަރު ސަރަހައްދަށް ގަދަފަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. މި ހަމަލާތަކުގައި ދިފާއީ ވުޒާރާ އާއި ސިފައިންގެ މައި މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ދިމިޝްގުގައި ހުރި އަސްކަރީ އަމާޒުތަކަކަށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރޭގައި ރިޔާސީ ގަނޑުވަރު ސަރަހައްދުގައި ހުރި އަމާޒެއްވެސް ހިމެނޭ ކަމަށެވެ. މި ހަމަލާތައް ދީފައިވަނީ ސިފައިންގެ މައި މަރުކަޒަށް ހަމަލާދިން ވަގުތުގައެވެ.

ދިމިޝްގުގެ އިތުރުން، އިސްރާއީލުން ހަމަލާދީފައިވަނީ ގަޓްނާ ފަދަ އެ ސަރަހައްދުގެ ރަށްތަކަށާއި، ދަރާ ސިޓީ (ދެކުނު) އަދި އެ ސަރަހައްދުގެ ބައިނަލްއަގުވާމީ މަގަށްވެސް މެއެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައިވާ ގޮތުގައި ދަރާ އަދި ސުވައިދާގެ އެކި ސަރަހައްދުތަކަށްވެސް ހަމަލާދީފައިވެއެވެ.

އިސްރާއީލުން މި ހަމަލާތައް ފަށާފައިވަނީ ހޯމަ ދުވަހުގެ ރޭއްސުރެ، ދުރޫޒް އަދި ގަބީލާތަކުގެ ހަތިޔާރުއެޅި ގްރޫޕްތަކުގެ މެދުގައި ހިނގަމުންދިޔަ ލޭއޮހޮރުވުމުގެ ހަމަނުޖެހުންތައް ހުއްޓުވުމަށް ސުވައިދާ (ދެކުނު) އަށް ވަދެފައިވާ ސީރިއާގެ ސިފައިންނަށް އަމާޒުކޮށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން