ދުނިޔެ

ޣައްޒާގެ ޖީއެޗްއެފް އެހީ ބެހުމުގެ މަރުކަޒެއްގައި ހިނގި ހާދިސާއެއްގައި 21 މީހުން ނިޔާވެއްޖެ

ޣައްޒާގެ ޖީއެޗްއެފް އެހީ ބެހުމުގެ މަރުކަޒެއްގައި ހިނގި ހާދިސާއެއްގައި 21 މީހުން ނިޔާވެއްޖެ

ޣައްޒާގައި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖުލައި 2025، 08:56

16 ޖުލައި 2025، 08:56

ޣައްޒާގެ ދެކުނުގައި ހުންނަ ޖީއެޗްއެފް އެހީ ބެހުމުގެ މަރުކަޒެއްގައި ބުދަ ދުވަހު ހިނގި ހާދިސާއެއްގައި މަދުވެގެން ފަލަސްތީނު 21  ރައްޔިތުން ނިޔާވެއްޖެއެވެ.

 މި ހާދިސާގައި ގިނަ މީހުން ނިޔާވެފައިވަނީ ތޮއްޖެހުމުގެ ސަބަބުންނެވެ.

އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަން ލިބިގެން ހިންގާ ޖީއެޗްއެފްއިން ބުނެފައިވަނީ ހަތިޔާރު ހިފައިގެން ތިބި ބަޔަކު މި ހާދިސާ ހިންގީ ކަމަށެވެ. ނަމަވެސް ޣައްޒާގެ ޞިއްޙީ ވުޒާރާއިން މިކަން ދޮގުކޮށް، 15 މީހުން މަރުވެފައިވަނީ ހަލަބޮލިކަމުގެ ތެރޭގައި ކަރުނަ ގޭސް ޖެހުމުން ތޮއްޖެހި، ނޭވާ ހާސްވެގެން ކަމަށް ބުނެފައިވެއެވެ.

މި ހާދިސާގެ ސަލާމަތްވި މީހަކު އަލްޖަޒީރާއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ "އަހަރެމެން އެންމެންނެކޭ އެއްގޮތަށް ދުވަމުން ދިޔައިން، ގޭޓު ކައިރިއަށް ދިޔައިރު ގޭޓު ވަނީ ބަންދުކޮށްފަ، އެތާ އެތައް ހާސް ބަޔަކު ތިބި، އެމެރިކާގެ މީހުން ތޮއްޖެހިފައި ތިބި ބަޔަކަށް ކަރުނަ ގޭސް ޖެހި، އޭގެ ސަބަބުން ތޮއްޖެހުމެއް އުފެދި ގިނަ ބަޔަކު މަރުވެގެން ދިޔަ"، މި ހާދިސާގެ ސަލާމަތްވި މީހަކު އަލްޖަޒީރާއަށް ދިން ބަޔާނެއްގައި ބުނެފައިވެއެވެ.

ނާސަރު ހޮސްޕިޓަލުގެ މެޑިކަލް އޮފިޝަލެއް އޭއެފްޕީއަށް ކިޔާދީފައިވާ ގޮތުގައި، ކާބޯތަކެތި ހޯދުމަށް އައި ބައެއްެގެ ގަޔަށް އިސްރާއީލީ ސިފައިންނާއި މަރުކަޒުގެ ސެކިއުރިޓީ މުވައްޒަފުން ވަނީ ބަޑި ޖަހާފައެވެ. އދ. އިން ބުނާ ގޮތުގައި މޭ މަހުން ފެށިގެން ޖީއެޗްއެފް މަރުކަޒުތަކުން އެހީ ހޯދަން އުޅުމުގެ ތެރޭގައި 875 މީހުން ވަނީ މަރުވެފައެވެ.

ފަލަސްތީނު އެންޖީއޯ ނެޓްވޯކުގެ ޑިރެކްޓަރު އަމްޖަދު ޝަވާ ވިދާޅުވީ ޖީއެޗްއެފްއިން ވަރަށް ބޮޑު އިހުމާލެއް ވެފައިވާ ކަމަށެވެ. އަދި އދ.އިން ބުނެފައިވަނީ މި މަރުކަޒުތަކަކީ "މަރުގެ ދަންތުރަ" ތަކެއް ކަމަށާއި، އިންސާނިއްޔަތުކަމުގެ މިންގަނޑުތަކާ ޚިލާފު ތަންތަން ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން