ދުނިޔެ

ޣައްޒާގެ އެހީގެ އެއްބަސްވުން އިސްރާއިލުން ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާކަމަށް އީޔޫއިން ބުނެފި

ޣައްޒާގެ އެހީގެ އެއްބަސްވުން އިސްރާއިލުން ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާކަމަށް އީޔޫއިން ބުނެފި

ޣައްޒާގެ އެހީ ބަހާ މަރުކަޒަކަށް އެހީ ބަލާގޮސް ތިބި ތުއްތު ކުދިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2025، 10:21

15 ޖުލައި 2025، 10:21

ޣައްޒާގެ އިންސާނީ ޙާލަތު ރަނގަޅުކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއިލާއި ދެމެދު ވެފައިވާ އެއްބަސްވުން އިސްރާއިލުން ފުރިހަމައަށް ތަންފީޒުކޮށްފައި ނުވާކަމަށް އީޔޫގެ އެހީގެ ވެރިޔާ ހަޖާ ލަހްބިބް ވިދާޅުވެއްޖެއެވެ.

ބްރަސެލްސްގައި ބޭއްވުނު އީޔޫގެ ބޭރުގެ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ލަހްބިބް ވިދާޅުވީ، ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ފެނިފައިވާކަމަށާއި، ޓްރަކުތައް ކޮންމެވެސް ވަރަކަށް ވެއްދޭކަމަށެވެ. ނަމަވެސް ވެއްދުނީ ކިތައް ޓްރަކްކަން ސާފުވެފައިނުވާ ކަމަށެވެ. އަދި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރެވިފައި ނުވާކަން ވަރަށް ސާފުކަމަށް އޭނާ ވިދާޅުވިއެވެ. 

ފާއިތުވި ހަފްތާގައި އީޔޫ އާއި އިސްރާއިލާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެހީގެ ޓްރަކުތައް އިތުރުކުރުމާއި، ބޯޑަރުތައް ހުޅުވުމާއި، އެހީގެ ވަކި މަގުތަކެއް ހުޅުވުން ހިމެނެއެވެ. 

ނަމަވެސް މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު ޢަބްދުއްލަތީފް ވިދާޅުވެފައިވަނީ މި އެއްބަސްވުމާ ގުޅިގެން ޣައްޒާއަށް ވަންނަ އެހީގެ މިންވަރު އިތުރުވެފައި ނުވާ ކަމަށެވެ.

އީޔޫގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ ކާޖާ ކަލާސް ވިދާޅުވެފައިވަނީ، ބޯޑަރުތަކާއި، ކަރަންޓުގެ ވިއުގަ އަލުން ޤާއިމުކުރުމާއި، ފެން ފޯރުކޮށްދިނުމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

އިސްރާއިލާއެކު އޮންނަ ގުޅުން މުރާޖަޢާކުރުމަށް އަޑުއުފުލަމުންދާ އަޔަރލެންޑް، ނެދަލެންޑްސް އަދި ސްޕެއިން ފަދަ ޤައުމުތަކުގެ ގޮވާލުމާ ގުޅިގެން، އީޔޫ-އިސްރާއިލާއި ގުޅުން ދަށްކުރުމުގެ އެކި އޮޕްޝަންތަކެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ވިޔަފާރީގެ ގުޅުންތައް މެދުކަނޑާލުމާއި، ދަރިވަރުންގެ ބަދަލުކުރުންތައް މަދުކުރުން ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން