ދުނިޔެ

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި ޢަަމަލުތައް ފާއިތުވި ހަފްތާގައި އިތުރުވެއްޖެ: އދ

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި ޢަަމަލުތައް ފާއިތުވި ހަފްތާގައި އިތުރުވެއްޖެ: އދ

ފަލަސްތީނުގެ ޝަހީދެއްގެ ހަށިގަނޑު އުފުލަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2025، 10:17

15 ޖުލައި 2025، 10:17

އިސްރާއިލްގެ ސަލާމަތީ ބާރުތަކާއި، ގަދަކަމުން ފަލަސްޠީނުގެ ބިން ފޭރިގަނެގެން ތިބި ޔަހޫދިން ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރި ޢަމަލުތަކާއި ގޯނާކުރުން ފާއިތުވި ހަފްތާތަކުގައި އިތުރުވެފައިވާ ކަމަށް އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

ޖެނީވާގައި ނޫސްވެރިންނާ ވާހަކަދައްކަމުން އެ އޮފީހުގެ ސްޕޯކްސްޕާސަން ސަމީން އަލް-ހައިތަމް ވިދާޅުވީ، އިސްރާއިލުގެ ޔަހޫދީންނާއި އިޒްރާއިލްގެ ސަލާމަތީ ބާރުތަކުން އިރުމަތީ ޖެރޫސަލަމް ހިމެނޭ ގޮތަށް ފޭރިގަނެފައިވާ ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރި ޢަމަލުތަކާއި ހަމަލާތައް އިތުރުވެފައިވާ ކަމަށެވެ.

އިސްރާއިލް ސިފައިން "އައިރަން ވޯލް" އޮޕަރޭޝަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރީގެ އުތުރުން 30،000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ އެ މީހުން ދިރިއުޅެމުންދިޔަ ގެތަކުން ނިކުމެގެންދާން މަޖުބޫރުވެފައެވެ. މި އޮޕަރޭޝަނަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ހުޅަނގު އައްސޭރި އިސްރާއިލަށް ނެގުމަށް ހިންގާ އޮޕަރޭޝަނެއްކަމަށް އދ. އިން ވަނީ ބުނެފައެވެ.

ޖޫން މަހު ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އެންމެ ގިނަ ރައްޔިތުން ޒަޚަމްވިއިިރު، މި މަސް ފާހަގަ ކުރެވިފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި ހުޅަނގުއައްސޭރީން އެންމެ ގިނަ މީހުން ޒަޚަމްވި މަހުގެ ގޮތުގައެވެ. 

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އިސްރާއިލްގެ ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނާއި އެ ބައިމީހުންގެ މުދަލަށް 757 ހަމަލާ ދީފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެއްކަމަށް ވެސް އދ. އިން ވަނީ ފާހަގަކޮށްފައެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިރުމަތީ ޖާރޫސަލަމް ހިމެނޭ ގޮތަށް ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގައި އިސްރާއިލުގެ ސިފައިންނާއި ޔަހޫދީންގެ ހަމަލާތަކުގައި  964 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން