ދުނިޔެ
އިސްރޭލުގެ އަލްޓްރާ-އޯތޮޑޮކްސް ޕާޓީ ނަތަންޔާހޫގެ ސަރުކާރުން ވަކިވެއްޖެ

އަލްޓްރާ-އޯތޮޑޮކްސް ގްރޫޕަކުން މަގުމަތީގައި މުޒާހަރާކުރަނީ
އިސްރާއިލްގެ އަލްޓްރާ-އޯތޮޑޮކްސް ޕާޓީ، ޔުނައިޓެޑް ތޯރާ ޖުޑާއިޒަމް (ޔޫޓީޖޭ) އިން ވަނީ މިލިޓަރީ ޚިދުމަތާ ގުޅޭ ދިގު މުއްދަތުގެ ޚިލާފު އުފެދިފައިވާ މައްސަލައެއްގައި، ވެރިކަންކުރާ ކޯލިޝަނުން ވަކިވުމަށް ނިންމާފައެވެ.
މިކަމަކީ އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ޔޫޓީޖޭގެ ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅާފައެވެ. ޕާޓީގެ ޗެއަރމަން ޔިޓްޒަކް ގޯލްޑްނޮޕްފް ވަނީ މީގެ އެއް މަސް ކުރިން އިސްތިއުފާ ދީފައެވެ. މި ޕާޓީގެ ޑެގެލް ހަތޯރާ ފެކްޝަނުން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ އެ ފެކްޝަންގެ ރޫހާނީ ލީޑަރު، ރަބައި ޑޮވް ލަންޑޯގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
ޑެގެލް ހަތޯރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ޔެޝިވާ ދަރިވަރުންނަށް ދީފައިވާ ވައުދުތަކާ ޚިލާފުވަމުންދާތީ، އެ ފަރާތުގެ އިސް ރަބައިންނާ މަޝްވަރާކުރުމަށްފަހު، ކޯލިޝަނުންނާއި ސަރުކާރުން ވަކިވުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން ނެތަންޔާހޫގެ ސަރުކާރަށް 120 މެންބަރުންގެ ކެނެސެޓްގައި އޮންނާނީ 61 މެންބަރުންގެ ކުޑަ އަޣުލަބިއްޔަތެކެވެ.
އަލްޓްރާ-އޯތޮޑޮކްސް ޕާޓީތަކުން މިލިޓަރީ ޚިދުމަތުން އިސްތިސްނާވުމުގެ ބިލަކީ 2022 ގެ ފަހުކޮޅު ނެތަންޔާހޫގެ ކޯލިޝަނާ ގުޅުނުއިރު ވެފައިވާ މުހިންމު ވައުދެކެވެ. ނަމަވެސް ޕިޔުގެ އަހަރު އިސްރޭލުގެ ސުޕްރީމް ކޯޓުން ވަނީ ޑިފެންސް މިނިސްޓްރީއަށް އަމުރުކޮށް، ޔެޝިވާ ދަރިވަރުން މިލިޓަރީ ޚިދުމަތަށް ވެއްދުމަށް އަންގާފައެވެ.
މި މައްސަލައިގައި ނަތަންޔާހޫގެ އަމިއްލަ ޕާޓީ ލިކުޑުން ވެސް އޭނާއަށް ފިއްތުންތަކެއް ކުރިމަތިކުރަމުންދާއިރު، ޝަސް ޕާޓީން ބޭނުންވަނީ އެ ޕާޓީގެ މެންބަރުންނަށް މިލިޓަރީ ޚިދުމަތުން ދާއިމީ އިސްތިސްނާއެއް ދިނުމެވެ. 2022 ގެ ޑިސެންބަރުގައި އެކުލަވާލެވުނު ނަތަންޔާހޫގެ ކޯލިޝަނަކީ އިޒްރޭލުގެ ތާރީޚުގައި އެންމެ ހައްދުފަހަނައަޅާފައިވާ ކަނާތްފިޔަ ސަރުކާރުތަކުގެ ތެރެއިން ސަރުކާރެއް ކަމުގައި ފާހަގަކުރެވެއެވެ.