Ads by Stelco

ޚަބަރު

ރަށު ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ނޮޅިވަރަންފަރު ކައުންސިލުން ނައިބުރައީސްއާ ހިއްސާ ކުރައްވައިފި

ރަށު ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ނޮޅިވަރަންފަރު ކައުންސިލުން ނައިބުރައީސްއާ ހިއްސާ ކުރައްވައިފި

ނައިބު ރައީސް ހުސެއިން ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސްއޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޖުލައި 2025، 04:15

15 ޖުލައި 2025، 04:15

ހދ. ނޮޅިވަރަންފަރު ކައުންސިލާ ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފް ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ނައިބުރައީސް ހުސެއިން ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރެއްވީ  މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ނޮޅިވަރަންފަރު ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ އިސްކަންދޭންޖެހޭ ކަންކަމާއި ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ ރަށު ސުކޫލުގެ ޖާގައިގެ ދަތިކަން ކަމަށްވާއިރު، އަލަށް އެޅުމަށް ހަމަޖެހިފައިވާ ކުލާސްރޫމްތަކުގެ މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

އަދި މީގެ އިތުރުން، އަލަށް ހަދާފައިވާ ހައުސިންގ ޔުނިޓުތަކުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމާއި، ރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މުހިންމުކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، ރަށުގައި ކުނި މެނޭޖުކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރުމުގެ މުހިންމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކައުންސިލުން ހުށަހެޅުއްވި ކަންކަމަށް ސަމާލުކަން ދެއްވާނެ ކަމަށެވެ.

 އަދި މި ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން