Ads by Stelco

ޚަބަރު

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލްގެ ކްރެޑިޓު ހައްގުވާ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތަށް ހައްގު ކްރެޑިޓު ދޭންޖެހޭނެ : ރައީސް މުޢިއްޒު

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލްގެ ކްރެޑިޓު ހައްގުވާ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތަށް ހައްގު ކްރެޑިޓު ދޭންޖެހޭނެ : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖުލައި 2025، 01:45

15 ޖުލައި 2025، 01:45

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޕަސިންޖާ ޓާމިނަލުގެ މަސައްކަތް ނިމުމުން އެ މަސައްކަތުގެ ކްރެޑިޓު ހޯދުމަށް އެކި ވެރިން ކުރައްވާ މަސައްކަތްޕުޅާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ތަފުސީލުކޮށް ވާހަކަދައްކަވައިފިއެވެ. މިއަދު ރައީސް އޮފީހުން އާއްމުކުރި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ އަށްވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސުންނަށް އެބޭފުޅުންގެ މަސައްކަތަށް ހައްގު ކްރެޑިޓު ދޭންޖެހޭނެ ކަމަށާއި، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޓާމިނަލުގެ މަސައްކަތް އޮތް ގޮތްވެސް ހާމަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ތަރައްގީއަށް އެކި ވެރިކަމުގައި ކުރެވިފައި ހުރި މަސައްކަތަކީ ތާރީހުގައި ރެކޯޑުކުރެވި ފެންނަން ހުރި ހަގީގަތްތަކެއް ކަމުގައެވެ. އެގޮތުން، އެއާޕޯޓު ބިނާކުރެއްވީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދިވެހިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި، އޭގެ ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެކި ފަންޑުތަކުން އެހީ ހޯއްދަވައިގެން އެމަނިކުފާނުގެ ވެރިކަމުގައި އެއާޕޯޓަށް ގެންނެވި ތަރައްގީއަކީވެސް ފެންނަން ހުރި ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޓާމިނަލުގެ މަސައްކަތަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، މިހާރުގެ މި އައު ޕަސިންޖާ ޓާމިނަލުގެ މަސައްކަތް ފެށުނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކަމަށާއި، އެއަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައިވެސް ޓާމިނަލުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިހާރުގެ މި އެއާޕޯޓުގެ އެ ޓާމިނަލުގެ މަސައްކަތް ރައީސް ޔާމީނުގެ ވެރިކަމުގައި ފެށުނު. ދެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެން ހުރި މަސައްކަތްތައް ކުރިއަށްދިޔައީ. ދެން އަޅުގަނޑުމެންނާ ހަވާލުވެގެން ބާކީ ދެންހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދިޔައީ ގާތްގަނޑަކަށް ދޮޅު އަހަރު ތެރޭގައި  

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ ކޮންމެ މަސައްކަތެއްގައިވެސް އެ މަސައްކަތުގައި ޝާމިލުވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް ހައްގު ކްރެޑިޓު ދޭންވާނެ ކަމަށެވެ. އަދި، ހަގީގަތް ބަލާ މީހަކަށް ކޮން ވެރިކަމެއްގައި ކިހައި މަސައްކަތެއް ކުރެވުނު ކަމާއި، ކޮން މަސައްކަތެއް ނިމުނީ ކަމުގެ ފެކްޓްސް ފެންނަން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގައި "ތިމަންނައޭ ހުރިހާ ކަމެއް ކުރީ" ކިޔުމަކީ، އެއީ ކުޑަކުދިން އުޅޭ ގޮތް ކަމަށް އެމަނިކްފާން ވިދާޅުވިއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން