Ads by Stelco

ޚަބަރު

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑް މިއަދު 13:00 ގައި

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑް މިއަދު 13:00 ގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ އެކުގެ ފުރަތަމަ އެޕިސޯޑްގައިފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖުލައި 2025، 12:16

15 ޖުލައި 2025، 12:16

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފައްޓެވި ޚާއްޞަ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑް މިއަދު މެންދުރު 13:00 ގައި ދައްކާނެއެވެ.

"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ މި ޕޮޑްކާސްޓު މިއަދު މެންދުރު 01:00 (13:00) ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުންނާއި، އެކި މީސް މީޑިއާ މަންސަތަކުން ދައްކާނެއެވެ. މިއީ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާއި ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ސީދާ ލިބިގެންދާނެ މަންސާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ. އެގޮތުން މިހާރުވެސް "ރައްޔިތުންގެ އަޑު" ޕޯޓަލް އާއި "އަހާ ފޯރަމް" ފަދަ މަންސަތަކުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ސީދާ ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި، ހާލުބައްލަވައި، ކަންކަން ހައްލުކޮށްދެވޭނޭ ފަދައިން ސިޔާސަތުތައް ބައްޓަންކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ ބުރަ މަސައްކަތްޕުޅު ކުރައްވަމުންނެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓަކީ މި މަޤްޞަދުގައި އަޅުއްވާ އިތުރު ފިޔަވަޅެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން