Ads by Stelco

ޚަބަރު

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުނަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުނަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

މާލެ އާއި ސިނަމާލެ ގުޅުވައިދޭ ހައިވޭ، ފޮޓޯ: ދައުރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ޖުލައި 2025، 07:12

15 ޖުލައި 2025، 07:12

ރޭ ހައިވޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ރޭގެ އެކްސިޑެންޓަކީ މާލެ އާއި ހުޅުމާލެ އާއި ދެމެދު ދަތުރުކުރަން އޮންނަ ހައިވޭގައި ހަތަރު ލޭން ހިމެނޭ ސަރަޙައްދުގައި ހިނގި އެކްސިޑެންޓެކެވެ. 

ސައިކަލަކާއި ވޭންއެއް ޖެހިގެން ހިނގި މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކުރީ ރޭގެ 10:50 ހާއިރެވެ.

މި އެކްސިޑެންޓު ހިނގީ ވޭން އޯވަރޓޭކް ކުރަން އުޅެނިކޮށް ސައިކަލުގައި ޖެހިގެންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި އެކްސިޑެންޓާ ގުޅިގެން އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެ މީހުންނަށެވެ. އޭރު ސައިކަލުގައި ދުއްވާފައި ދިޔައީ އަންހެނަކާއި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ. 

މާލޭގައި އޭގެ ކުރިންރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އެ އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެފައިވާއިރު، އަނެއް ދެ މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން