ދުނިޔެ

އަނެެއްކާވެސް އިސްރާއިލް ސިފައިންގެ މީހަކު މަރާލައިފި

އަނެެއްކާވެސް އިސްރާއިލް ސިފައިންގެ މީހަކު މަރާލައިފި

އިޒްރާއިލް ސިފައިންގެ މީހެއްގެ ޖަނާޒާބާއްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޖުލައި 2025، 05:06

14 ޖުލައި 2025، 05:06

އަނެއްކާވެސް ޣައްޒާގައި އިސްރާއިލް ސިފައިންގެ މީހަކު މަރާލައިފިއެވެ. 

އިސްރާއީލްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ނުރައްކާތެރި ހަމަލާއަކާއި އިސްރާއީލީ ސިފައިން ކުރިމަތިލާންޖެހިފައިވާކަމަށެވެ.

އިސްރާއީލީ ސިފައިންގެ އެއް ސިފައިން މަރުވެ، އިތުރު 3 ސިފައިންނަށް ނުރައްކާތެރި އަނިޔާތަކެއް ވެފައިވާ ކަމަށް އިސްރާއީލީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ސިފައިން ހައްޔަރުވެދާނެ ކަމުގެ ބިރަށް "ހަނީބަލް ޕްރޮޓޮކޯލް" އެކްޓިވޭޓް ކޮށްފައިވާ ކަމަށްވެސް އެ މީޑިއާތަކުން ބުނެފައިވެއެވެ.

ފަލަސްތީނުގެ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ޣައްޒާ ސިޓީގެ އުތުރު-އިރުމަތީގައި އޮންނަ އައް-ތުއްފާހު ސަރަހައްދުގައި އިސްރާއީލްގެ ހެލިކޮޕްޓަރުތަކެއް ޖައްސާފައިވެއެވެ. މި ސަރަހައްދުގައި ހަނގުރާމަވެރި މަތިންދާބޯޓުތައް އެތައް އަދަދަކަށް އުދުހެމުންދާ ކަމަށާއި، އެ ސަރަހައްދަށް އާޓިލަރީ ހަމަލާތައް ދެމުންދާ ކަމަށާއި، ދުންބޮން އެއްލަމުންދާ ކަމަށްވެސް އެ މަސްދަރުތަކުން ބުނެފައިވެއެވެ.

އިސްރާއީީލްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ޣައްޒާއިން އިސްރާއީލުގެ މެދުތެރޭގައި ހުންނަ ތަލް ހަޝޯމިރް ހޮސްޕިޓަލަށް އިސްރާއީލީ ސިފައިންގެ މަތިންދާބޯޓުތަކުން އިވެކުއޭޝަން މިޝަނެއް ކުރިއަށް ގެންދެއެވެ.

ފާއިތުވި ދުވަސްތަކުގައި ޣައްޒާގައި އިސްރާއީލް ސިފައިންނާ ދެކޮޅަށް ދިފާއީ ހަރަކާތްތައް އިތުރުވެފައިވެއެވެ. ފާއިތުވި އަންގާރަ ދުވަހު އިސްރާއީލީ ސިފައިންގެ ކަފީރް ބްރިގޭޑްގެ ނެތްސަހް ޔަހޫދާ ބެޓަލިއަންގެ 5 ސިފައިން މަރުވެ، 14 ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އިސްރާއީލީ ސިފައިން ހާމަކޮށްފައިވެއެވެ.

އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއެކު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގައި ޖަމާޢީ މަރުގެ ޖަރީމާތަކެއް ހިންގާފައެވެ. މިހާތަނަށް 196,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 10,000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ސަތޭކަ ހާސްއަށްވުރެ ގިނަ މީހުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލްގެ 890 އޮފިސަރުންނާއި ސިފައިން މަރުވެ، 6,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އިސްރާއީީލ ްސިފައިންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް އިސްރާއީލް ސިފައިންނަށް ލިބޭ ގެއްލުންތަކުގެ ހަގީގީ އަދަދު ފޮރުވަމުންދާ ކަމުގެ ތުހުމަތު އެ ފަރާތާ ދެކޮޅަށް ކުރެވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން