Ads by Stelco

ޚަބަރު

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވިއަލްސަންގެ މައްޗަށްކުރެވޭ ކަށުނަމާދު މިއަދު ޢަސުރު ނަމާދަށްފަހު

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވިއަލްސަންގެ މައްޗަށްކުރެވޭ ކަށުނަމާދު މިއަދު ޢަސުރު ނަމާދަށްފަހު

ޔޫސުފް އަލްސަން މުޙައްމަދު ފޮޓޯ: ކަށުނަމާދު ޕޭޖް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖުލައި 2025، 11:43

14 ޖުލައި 2025، 11:43

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ މައްޗަށްކުރެވޭ ކަށުނަމާދު މިއަދު ޢަސުރު ނަމާދަށްފަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ކަށު ނަމާދު އޮންނާނީ ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ އެ ދެކުދިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން، ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ކަމަށާއި، ސައިކަލް ދުއްވަން އިނީ ވެސް އަލްސަން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. އަދި މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ހުރިކަން ސޯޝަލް މިޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ. މީގެ އިތުރުން އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓެއްގެ ބައިތައް ވަކިވެ ބިންމަތީގައި ހުރިއިރު، ޕިކަޕުގެ ކުރީކޮޅު ވެސް އޮތީ ހަލާކުވެފައެވެ.
އަލްސަން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ހިތާމަފާޅުކޮށް، އަލްސަންގެ އާއިލާއަށް ތަޢުޒިޔާ ކިޔައި،  ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން