Ads by Stelco

ޚަބަރު

ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެއްޖެ

ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި ހިނގި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެއްޖެ

ސައިކަލަކުން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި ހިނގި އެކްސިޑެންޓު، ފޮޓޯ: އެމްވީ ކްރައިސިސް

farudhun logo

ފަރުދުން

13 ޖުލައި 2025، 09:50

13 ޖުލައި 2025، 09:50

މާލޭގެ މާފަންނު ބަސް ޓާރމިނަލް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ ހިނގި މި އެކްސިޑެންޓަކީ، ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގާ އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. އެ މީހާ ގައިގާ ޖެހުމަށްފަހު، ސައިކަލު ވަނީ އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިފައެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. 

އަދި އޭގެ ތެރެއިން ދެ މީހެއްގެ ޙާލު ސީރިއަށްއިރު، ތިންވަނަ މީހާ ނިޔާވެފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ. ނިޔާވެފައި ވަނީ އުމުރުން 17 އަހަރުގެ ޒުވާނެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން