Ads by Stelco

ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމު 2020، ފޮޓޯ: މީޑިއާ ކައުންސިލް

farudhun logo

ފަރުދުން

13 ޖުލައި 2025، 08:45

13 ޖުލައި 2025، 08:45

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ހޮވާ ނޫސްވެރިކަމުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން އެމްއެމްސީއިން ކޮށްފައިވާ އިޢުލާންގައި ބުނެފައިވާ ގޮތުން، މި އެވޯޑަށް މި މަހުގެ 31ގެ މެންދުރުފަހު 1:00އާ ހަމައަށް ނަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ނޫސް މަޖައްލާ ކެޓަގަރީ އާއި އޯޑިއޯ އަދި ވީޑިއޯ ޖަރނަލިޒަމް ކެޓަގަރީން 14 ދާއިރާއަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.  

ނޫސްވެރިކަމުގެ އެވޯޑުގައި ހިމެނޭ ދާއިރާތައް:

  1. ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
  2. އިޖުތިމާޢީ ދާއިރާ
  3. ސިޔާސީ ދާއިރާ
  4. ޝަރުޢީ ދާއިރާ އާއި ގާނޫނީ ދާއިރާ
  5. ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
  6. ކުޅިވަރުގެ ދާއިރާ
  7. ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ
  8. ޑޮކިއުމަންޓްރީގެ ދާއިރާ
  9. ފީޗާ ރިޕޯޓުގެ ދާއިރާ
  10. ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  11. ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
  12. އުންމީދީ ނޫސްވެރިޔާގެ އިނާމު
  13. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
  14. ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު 

އެމްއެމްސީއިން މި އެވޯޑުތައް ދެމުން އަންނަނީ ގިނަ މަޤުސަދުތަކެއް ޙާސިލްކުރުމުގެ ގޮތުންނެވެ. ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭކަމަށް އެމްއެމްސީއިން ހާމަކުރެއެވެ.

އެމްއެމްސީން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން