Ads by Stelco

ޚަބަރު

އއ. މާޅޮހުން ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެއަށް، ފުލުހުން ބޮޑު ތަޙުޤީޤަކަށް

އއ. މާޅޮހުން ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެއަށް، ފުލުހުން ބޮޑު ތަޙުޤީޤަކަށް

އއ. މާޅޮސް ފޮޓޯ:މޯލްޑިވްސް ވަރޗުއަލް ޓުއަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ޖުލައި 2025، 03:32

13 ޖުލައި 2025، 03:32

އއ. މާޅޮހުން ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަބްދުއްރަހްމާން އާދަމް (65އ.) ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ވިދާޅުވެފައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވަނީ މިހާދިސާގެ ތަހުގީގަށްޓަކައިކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި ޚާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 1:50 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. އަބްދުއްރަހްމާން ނިޔާވެފައިވަނީ ރޭ ފަތިހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށްކަމަށްވެސް ފުލުހުން ބުނެއެވެ. މިކަމާ ގުޅިގެން ދިވެހި ފުލުހުން ވަނީ އއ. މާޅޮހުގައި ބޮޑު ތަޙުޤީޤެއް ފަށާފައެވެ.

މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިހާރުވެސް ދަނީ މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިކަމާ ގުޅިގެން ރަށަށް އަރާ ފައިބާ މީހުންވެސް ދަނީ މޮނީޓަރ ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވި އަބްދުއްރަހްމާންގެ އުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެހެން ތަނެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ. އެރަށުން މައުލޫމާތު ދިން މީހާ ކިޔައި ދިން ގޮތުގައި ބޮޑަށް އަނިޔާ ދީފައިވަނީ އޭނާގެ ބޮލަށެވެ. އަދި މިހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ ރޭ ދަންވަރު 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ކިޔައިދިނެވެ.

ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން