Ads by Stelco

ޚަބަރު

ވެލާނާ އެއަރޕޯޓުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުގެ އިދާރާތަކާއެކު އެމް.އޭ.ސީ.އެލްއިން އެއްބަސްވުންތައް ހަދަން ފަށައިފި

ވެލާނާ އެއަރޕޯޓުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުގެ އިދާރާތަކާއެކު އެމް.އޭ.ސީ.އެލްއިން އެއްބަސްވުންތައް ހަދަން ފަށައިފި

އެއަރޕޯޓުގައި ޚިދުމަތްދޭ ސަރުކާރުގެ އިދާރާތަކާއެކު ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ:އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖުލައި 2025، 07:03

12 ޖުލައި 2025، 07:03

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީ.އައި.އޭ) ގައި ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، އެމް.އޭ.ސީ.އެލް (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް) އިން އެއަރޕޯޓުގައި ޚިދުމަތްދޭ ސަރުކާރުގެ އިދާރާތަކާއެކު ޚިދުމަތުގެ އެއްބަސްވުންތަކެއްގައި ސޮއިކުރަން ފަށައިފިއެވެ. މި އެއްބަސްވުންތަކަކީ އެއަރޕޯޓުގެ ޚިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް އެއްގޮތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެމް.އޭ.ސީ.އެލްއިން ބުނިގޮތުގައި މި އެއްބަސްވުންތަކަކީ، ވީ.އައި.އޭގެ އައު ޓާމިނަލް ހުޅުވުމުގެ ކުރިން އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިންޓަނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށާއި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ އެއަރޕޯޓުގެ މަސައްކަތްތަކުގައި ހަލުވިކަމާއި ފަސޭހަކަން އިތުރުކުރުމަށް އެޅޭ ބިންގަލެއްގެ ގޮތުގައިވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ސިލްސިލާގެ ފުރަތަމަ އެއްބަސްވުން ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއާއެކު ހަދާފައެވެ. އެމް.އޭ.ސީ.އެލްއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ގެންނަ ޖަނަވާރާއި ގަސްގަހާގެހީގެ ކާގޯ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރެވި، ދެ އިދާރާގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެކަމަށެވެ. މީގެ ސަބަބުން މިފަދަ މުދާ އެއަރޕޯޓުން ބޭރުކުރުމާއި، ކަމާބެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތްތައްވެސް އިތުރަށް ފަސޭހަވެގެންދާނެއެވެ.

މިއީ އެމް.އޭ.ސީ.އެލްގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށާއި، މިފަދަ އެއްބަސްވުންތަކުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ކުރިއަށް އޮތްތަނުގައި އެއަރޕޯޓުގައި ޚިދުމަތްދޭ އެހެނިހެން ސަރުކާރުގެ އިދާރާތަކާއެކުވެސް މިފަދަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން