Ads by Stelco

ޚަބަރު

ޒަކަރިއްޔާ ހޯދުމަށް ފުލުހުންނާއި އާންމުންގެ ޑައިވަރުންގެ ޓީމަކުން ކަނޑުއަޑި ހޯދަނީ

ޒަކަރިއްޔާ ހޯދުމަށް ފުލުހުންނާއި އާންމުންގެ ޑައިވަރުންގެ ޓީމަކުން ކަނޑުއަޑި ހޯދަނީ

ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ ފޮޓޯ:އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖުލައި 2025، 05:47

12 ޖުލައި 2025، 05:47

ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންއަދިވެސް ކުރިއަށް ދާކަމަސް ފުލުހުން ހާމަކޮށްފިއެވެ. 

ފުލުހުން މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި އެ މީހާ ހޯދުމަށް ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް  އާއި އާންމުންގެ ޑައިވަރުންގެ ޓީމަކުން މިހާރު ދަނީ ކަނޑުއަޑި ބެލުމުގެ މަސައްކަތް ކުރަމުންނެވެ. 

 ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ޑިންގީ ފެނިފައިވަނީ ގދ. ގައްދޫއާއި ދެމެދު އޮންނަ ކަނޑު އޮޅީގެ 10 މީޓަރު އަޑިންނެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިޑައިވްކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ.

ގދ.ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތުގެ ދަށުން ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާތަނަށްވަނީ ބަލާފައެވެ.

ގދ.ގައްދޫއިން ގދ.ގަމަށް ދަތުރުކުރި ޢުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ފުލުހުން ވިދާޅުވީ އެމީހާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއްކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން