Ads by Stelco

ޚަބަރު

ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކުން ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނަކަށް އަނިޔާވެއްޖެ

ލައިސަންސް ނެތް މީހަކު ދުއްވި ސައިކަލަކުން ކަފިހި ހުރަހުން މަގު ހުރަސްކުރި އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެ ހޮސްޕިޓަލް ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖުލައި 2025، 04:28

12 ޖުލައި 2025، 04:28

ހުޅުމާލެ ފޭސް އެކެއްގައި ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރަމުން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:16 އެހައިކަށްއިރު ކަމަށެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ފޭސް 1 ގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައިވާ ދިޔަ ސައިކަލަކުން ކަފިހި ހުރަސް މަތިން ހިންގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ. އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާއިރު، އެމީހާއަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީ އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވަނީ އެކްސިޑެންޓް ހިންގި ސައިކަލު ޓޯ ކޮށްފައެވެ.

މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން