ޚަބަރު
ކެނޯއެއްގައި ކަނޑަށް ނިކުތް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ރިޒޯޓެއް---

ފަރުދުން
10 ޖުލައި 2025، 11:30
10 ޖުލައި 2025، 11:30
ރ. އަތޮޅުގެ ރިޒޯޓަކުން ކެނޯއެއްގައި ކަނޑަށް ނިކުތް ޒުވާން ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 35 އަހަރުގެ މި ޒުވާނާ ކެނޯގައި ނިކުތީ މިއަދުގެ ހަވިރުގެ ވަގުތެއްގައެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭގެ 8:30 ހާއިރެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކައިރި ރިޒޯޓުތަކުން ގުޅިގެން ދަނީ ކުރަމުންނެވެ.
މިއީ ހުލަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރު ކަމުން، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މުސުމާ ބެހޭ ޤައުމީ އިދާރާއިން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
މެޓް އޮފީހުން ވަނީ މިރޭ 20:00 އިން ފެށިގެން މެންދަމު 02:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.