Ads by Stelco

ޚަބަރު

ފައިނޭންސިން ފޯރަމް ހުޅުވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންފި

ފައިނޭންސިން ފޯރަމް ހުޅުވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންފި

ފައިނޭންސިން ފޯރަމް ހުޅުވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން---

farudhun logo

ފަރުދުން

30 ޖޫން 2025، 10:15

30 ޖޫން 2025، 10:15

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ބައިނަލްއަޤުވާމީ ހަތަރުވަނަ (އެފް.އެފް.ޑީ.4 ) ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، އެކިއެކި ޤައުމުތަކުން ވަޑައިގެންނެވި ބޭފުޅުން ވަނީ އެ ޤައުމުތަކުގެ މާލީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި މާލީ ކުރިއެރުންތަކާއި، ކުރިމަގުގައި ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙިއްސާކުރައްވާފައެވެ. 

އަދި މި ކޮންފަރެންސްގައި ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙުކުރުމާއި ތަރައްޤީގެ ގުޅުންތައް ހަރުދަނާކުރުންފަދަ ހައްސާސް މައްސަލަތަކުގެ މައްޗަށް، ކޮންފަރެންސްގެ ހަވާސައިގައި، ވަށްމޭޒުގެ ބައްދަލުވުންތަކުގައި މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވިއްޔާގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS