Ads by Stelco

ޚަބަރު

ބިދޭސީންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކުރުމަށް ޤައުމީ ސިޔާސަތު އިފްތިތާޙްކޮށްފި

ބިދޭސީންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކުރުމަށް ޤައުމީ ސިޔާސަތު އިފްތިތާޙްކޮށްފި

"ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު" ރަސްމީކޮށް އިފްތިތާޙްކުރުން ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 05:00

30 ޖޫން 2025، 05:00

ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލި "ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތު" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ސިޔާސަތު އިފްތިތާޙްކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މީރުމާގެ ކާނިމާ މާލަމުގައެވެ.

ނޭޝަނަލް މައިގްރެންޓް ހެލްތް ޕޮލިސީ ނުވަތަ ބިދޭސީންގެ ޞިއްޙަތާ ބެހޭ ޤައުމީ ސިޔާސަތަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެމީހުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ފުރުސަތު ފަހިކުރުމަށްޓަކައި އެކުލަވާލާފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކުރުމެވެ.

މި ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ، މިއީ ޞިއްޙީ ދާއިރާގައި ހުރި ތަފާތުތައް ކުޑަކުރުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުން ރަނގަޅުކުރުމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމެއްކަމަށެވެ.

މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ޞިއްޙީ އިދާރާތައް، ލޭބަރ މެނޭޖްމަންޓް، އިމިގްރޭޝަން އަދި އެހެނިހެން އިދާރާތަކުގެ މެދުގައި ދެމެހެއްޓެނިވި އެއްބާރުލުން ބޭނުންވާނެ. މީގެ ތެރޭގައި އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަޤާފީ ގޮތުން އެކަށީގެންވާ ފަރުވާ ދިނުމުގެ ޤާބިލުކަން ލިބިދިނުން ހިމެނޭ

ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު

ބިދޭސީންގެ ޞިއްޙަތާ ގުޅޭ ޤައުމީ ސިޔާސަތު އަމާޒުކުރެވިފައިރެވިފައިވަނީ މައިގަނޑު 5 ދާއިރާއަކަށެވެ. އެއީ:

• މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުން
• ބިދޭސީންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ލިބިދިނުން
• ސައްޙަ މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުން
• ނާޒުކުކަން ކުޑަކުރުން
• ނިޒާމުތައް ޤާއިމުކުރުން

ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރެވިގެންދިއުމާއެކު، ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކޮށް ކަށަވަރުކުރުކުރެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.އަދި ހުރިހާ އެންމެނަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި  ޚިދުމަތް ދެވިގެންދާނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS