Ads by Stelco

ޚަބަރު

ސިންގަޕޫރާއި ރާއްޖޭއާއި ދެމެދު ކުރިއަށް އޮތްތަނުގައި އިތުރަށް ބާރުއަޅާނެ ދާއިރާތަކާ ގުޅޭ މުހިންމު އެމްއޯޔޫ ތަކެއްގައި ސޮއިކުރެވިއްޖެ

ސިންގަޕޫރާއި ރާއްޖޭއާއި ދެމެދު ކުރިއަށް އޮތްތަނުގައި އިތުރަށް ބާރުއަޅާނެ ދާއިރާތަކާ ގުޅޭ މުހިންމު އެމްއޯޔޫ ތަކެއްގައި ސޮއިކުރެވިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 01:49

30 ޖޫން 2025، 01:49

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގައި ބޭއްވެވި ރަސްމީ ދަތުރުފުޅުގައި، މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ. މިކަމުގެ މަޢުލޫމާތު ރައީސް މުޢިއްޒު ވަނީ މިއަދު އެކްސް މެދުވެރިކުރައްވައި ހާމަކުރައްވާފައެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ އެކު ފައިދާހުރި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި، މިހާރު ދެ ޤައުމު ދެމެދު އޮތް ގުޅުންތަކަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތްތަނުގައި އިތުރަށް ބާރުއަޅާނެ ދާއިރާތަކާ ބެހޭގޮތުން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ދިރާސީ ދަތުރުތައް ބޭއްވުމާއި، މަތީ ތަޢުލީމާއި ފަންނީ ތަމްރީނު ދިނުމުގެ ދާއިރާއާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި އެއްބަސްވުންތައް ހިމެނެއެވެ.




ރައީސް މުޢިއްޒު ވިދާޅުވީ، މިއަދު ސޮއިކުރެއްވުނު އެމް.އޯ.ޔޫތަކުގެ ސަބަބުން ދެ ޤައުމުގެ ބައިވެރިކަން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ ރައްޔިތުންނަށް ފެންނަފަދަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރައްވާ ކަމަށެވެ. މި އެއްބަސްވުންތަކަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ޒަމާނުއްސުރެގެ ގާތް ގުޅުންތަކަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވެސް ފާހަގަކޮށްލެވެއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS