Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާއި އަނބިކަނބަލުންނަށް ސިންގަޕޫރުން ރަސްމީ މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާއި އަނބިކަނބަލުންނަށް ސިންގަޕޫރުން ރަސްމީ މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ސިންގަޕޫރުން ރަސްމީ މަރުޙަބާ ދެންނެވުން ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 12:30

30 ޖޫން 2025، 12:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް ސިންގަޕޫރު ސަރުކާރުން މިއަދު ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮތީ އެ ޤައުމުގެ ޚާރިޖީ ވުޒާރާގައެވެ.

މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ އަސްކަރިއްޔާއިން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. އެޔަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސިންގަޕޫރުގެ ރައީސް ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ސިންގަޕޫރުގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ސިންގަޕޫރުގެ ރައީސަށް ތަޢާރަފުކޮށްދެއްވިއެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މި ރަސްމީ ދަތުރުފުޅެއް ފައްޓަވާފައިވާއިރު، މި ދަތުރުފުޅު ކުރިއަށްދަނީ ރާޢްޖެއާއި ސިންގަޕޫރާދެމެދުގެ ގުޅުމަށް 50 އަހަރު ފުރޭ އަހަރު ކަމަށް ވާތީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު މަޤްސަދުގައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS