Ads by Stelco

ޚަބަރު

ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންފި

ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ސްޕެއިންގެ ރަސްގެފާނާއި ރާނީ އަރިހުގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 10:50

30 ޖޫން 2025، 10:50

ސްޕެއިންގެ ރަސްގެފާނު ފިލިޕް (6 ވަަނަ) އާއި ރާނީ ލެޓީޒިއާ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.މިފަރިއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައި ވަނީ ސްޕެއިންގައި އޮންނަ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ 4 ވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ ފައިނޭންސިންގ ފޯ ޑިވެލޮޕްމަން ކޮންފަރެންސްގައި ބައިވެރިވެވޑައިގަތުމަށް ސްޕެއިނަށް ވަޑައިގެންނެވި ލީޑަރުންގެ އިސްތިޤުބާލުގައި ރަސްގެފާން ފިލިޕްއާއި ރާނީ ދެއްވި ފަރިއްކޮޅެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

ނައިބު ރައީސް ސްޕެއިނަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ކޮންފަރަންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގައެވެ.

މިކޮންފަރެންސްގެ އިފްތިތާޙީ ދަންފަޅީގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ޕްލިނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS