Ads by Stelco

ޚަބަރު

އެންމެން ޝާމިލުވާ ޤާނޫނު ހަދާ މަޖިލީހެއް ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް މުޢިއްޒު

އެންމެން ޝާމިލުވާ ޤާނޫނު ހަދާ މަޖިލީހެއް ކަށަވަރުކުރުމަށް މަސައްކަތްކުރާނަން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖޫން 2025، 10:31

30 ޖޫން 2025، 10:31

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޤާނޫނު ހަދާ މަޖިލީހުގެ ދުވަހާ ގުޅިގެން، ޤާނޫނު ހަދާ މަޖިލީހަކީ އެންމެންގެ ޝާމިލުވުން އޮތް ތަނެއްކަން ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ޤައުމެއްގައި ޑިމޮކްރަސީ ދަމަހައްޓައި، ހެޔޮ ވެރިކަމެއް ކުރިއެރުވުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ޤައުމީ ގޮތުންވެސް އަދި ބައިނަލްއަޤުވާމީގޮތުންވެސް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ މައްސަލައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރާއްޖޭގެ މަޖިލީހުގައި އަންހެނުންގެ ދައުރު އަދިވެސް ކުޑަނަމަވެސް، މިންތީގެ ހަމަހަމަކަން ޤާއިމުވެފައިވާ އަދި އެންމެން ޝާމިލުވާ މާހައުލެއް ޤާއިމުވެފައިވާ މަޖިލީހެއް އޮތްކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އަދި ޤާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން 3 މެންބަރުންނެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައްޔާއި ކޮމިޓީތަކުގައި އެ މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަންނަނީ ފުރުސަތު ދެއްވަމުންނެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS