Ads by Stelco

ޚަބަރު

ނިމިދިޔަ މެއި މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 97 މައްސަލައެއް ހުށައަޅާފައިވޭ

ނިމިދިޔަ މެއި މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 97 މައްސަލައެއް ހުށައަޅާފައިވޭ

ކުޑަކުދިންނަށް ލިބޭ އަނިޔާއާއި ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް: ފޮޓޯ: ޕީއެސްއެމް

29 ޖޫން 2025، 12:34

ނިމިދިޔަ މެއި މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 97 މައްސަލައެއް ހުށައަޅާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ވުޒާރާއަށް ހުށައަޅާފައިވާ އެކި ބާވަތްތަކުގެ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ހުށައަޅާފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން، އިހުމާލުވުމުގެ 23 މައްސަލައެއް ހުށައަޅާފައިވާއިރު، ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން، މި ބާވަތުގެ ޖުމްލަ 22 މައްސަލައެއް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޖިންސީ އަނިޔާގެ 21 މައްސަލަ އާއި، ޖިސްމާނީ އަނިޔާގެ 18 މައްސަލައެއް ވެސް މިދިޔަ މެއި މަހު ވަނީ ހުށައަޅާފައެވެ. އަދި ނަފްސާނީ އަނިޔާގެ 12 މައްސަލައާއި ގެވެށި އަނިޔާ ކުރާތަން ފެނުމުގެ ޖުމްލަ 4 މައްސަލަައެއް އެ ވުޒާރާގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. ހަމަ މިއާއެކު، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 6 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 4 މައްސަލަ، ޖިންސީ ހާނިކައިގެ 16 މައްސަލަ، ނަފްސާނީ ހާނިކައިގެ 13 މައްސަލަ އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 12 މައްސަލައެއް ވަނީ އެ ވުޒާރާއަށް ހުށައަޅާފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކަކީ އެ ވުޒާރާއިން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS