Ads by Stelco

ޚަބަރު

ދަރަނބޫދޫގައި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިޔަށް ދަނީ

ދަރަނބޫދޫގައި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިޔަށް ދަނީ

ދަރަނބޫދޫގައި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ކުރިއަށް ދަނީ/ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ

29 ޖޫން 2025، 10:59

ފ. ދަރަނބޫދޫގައި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމeއް ފަށައިގެން ކުރިޔަށްދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ދަރަނބޫދޫގައި ހިންގާ މި ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން، ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދީ، ވާރޭ ހިޔާ އަދި ހައިޑްރޮޕޮނިކްސް ނިޒާމުތައް ގާއިމްކުރުމުގެ ޢަމަލީ ތަމްރީނުތައް ކުރިއަށްދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ، ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ހޮވާލެވޭ 10 ބައިވެރިންނަށް ހައިޑްރޮޕޮނިކްސް ނިޒާމްތައް ލިބިގެންދާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދަނީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މުވައްޒަފުންނެވެ. އެގޮތުން މި ޕްރޮފްރާމްގައި ހައިޑްރޮޕޮނިކްސް ޤާއިމުކުރުމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ދަސްކޮށްދެއްވާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، މިކަމަކީ ވެލި ނުލައި ދަނޑުވެރިކަން ކުރިއަރުވާ، ކާބޯތަކެތީގެ ރައްކާތެރިކަން ޔަޤީންކުރުމުގެ އިތުރުން، އައު އުކުޅުތަކުން ދަނޑުވެރިކަން ކުރުމަށް މުޖުތަމަޢުތަކަށް ބާރު ދިނުމުގެ ގޮތުން ކުރާކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ، ހައިބްރިޑް މޯޑްގެ ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅިތަކުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢު އިތުރަށް ފުޅާކުރުމަށް އެ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS