Ads by Stelco

ޚަބަރު

ފައިނުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ފައިނުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައިޖީއެމްއެޗް/ފޮޓޯ: އަވަސް އެމްވީ

28 ޖޫން 2025، 01:09

ރ. ފައިނުގައި ހިނގި އެކްސިޑެންޓާއި ގުޅިގެން 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާކަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނަށާއި އިތުރު މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެގޮތުން، އުމުރުން 14 އަހަރާއި 18 އަހަރުގެ ދެ ކުދިންގެ އިތުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި 3 މީހުންގެ ވެސް ހާލު ސީރިއަސް ކަމަށާއި އެންމެނަށް ވެސް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައިކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓުގައި ޖުމްލަ 4 މީހަކަށް ވަނީ އަނިޔާވެފައެވެ. މީގެ ތެރެއިން 3 މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާއިރު، ދެން ހުރި މީހައަށް ފަރުވާދެމުންދަނީ ރ. އުނގޫފާރު ހޮސްޕިޓަލްގައެވެ. 

މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މަގުމަތީ ހިނގާފައި ދިޔަ ބައެެއްގެ ގައިގައި ޖެހިގެންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS