Ads by Stelco

ޚަބަރު

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ލ. ގަމުގައި "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ބާއްވައިފި

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ލ. ގަމުގައި "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ބާއްވައިފި

ވޭސްޓް ޓު އާޓް މުބާރާތުގެ ތެރެއިން ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2025، 10:44

28 ޖޫން 2025، 10:44

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ލ. ގަމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މި ފެސްޓިވަލް، އިއްޔެ ހަވީރު 15:00 އިން 18:30 އަށް ކުރިއަށް ގެންގޮސްފައިވާއިރު، "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ސްޓޯލްތައް ބައްލަވާލެއްވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ. މި ހަރަކާތުގައި ތިމާވެށީގެ ވުޒާރާގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު ލާމު އަތޮޅުގައި ކުރިޔަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރައްވަނީ މިފަދަ ހަރަކާތްތައް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކުރިޔަށްގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އަތޮޅުތެރޭގެ ރަށްރަށުގަވެސް ވީހާވެސް ބޮޑަށް ތިމާވެށީގެ ހަރަކާތްތައް އިތުރުކުރަން، ހަމައެކަނި މާލޭގަ އެކަނި ނުކޮށް އަތޮޅުތެރޭގެ އެކި ސަރަޙައްދުތަކުގަ މިކަންތައް ކުރަން. އެގޮތުން، މިއަހަރު ލާމު އަތޮޅުގަ މި ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ނިންމެވި މައިގަނޑު ސަބަބަކީ ލާމު އަތޮޅަކީ ތިމާވެއްޓާބެހޭ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރިޔަށް ގެންދެވި، ލާމު އަތޮޅުގެ ނެޗުރަލް ކެޕިޓަލް އެކައުންޓް ބެލުމުގެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ އަތޮޅަކަށްވާތީ" ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުންވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS