ދުނިޔެ

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރާއީލުން އަޅައިފައިވާ ހުރަަސްތައް ނައްތާލުމަށް އުންރުވާއިން ގޮޮވާލައިފި

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރާއީލުން އަޅައިފައިވާ ހުރަަސްތައް ނައްތާލުމަށް އުންރުވާއިން ގޮޮވާލައިފި

އެހީގެ ތަކެތި ބަހާ ސަރަހައްދަކަށް އިޒްރާއިލުން ހަމަލާދީފައި---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ޖޫން 2025، 05:02

27 ޖޫން 2025، 05:02

ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ (އުންރުވާ)އިން މިއަދުު ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ގޮވާލައިފިއެވެ.

އުންރުވާއިން މިފަދައިން ގޮވާލައިފައިމިވަނީ އިޒްރާއީލު ސިފައިން ހިމާޔަތްކުރާ އެހީ ބެހުމުގެ މަރުކަޒުތައް "މަރުގެ ސަރަހައްދުތަކަކަށް" ބަދަލުވެފައިވާ ދަނޑިވަޅެއްގައި، އަދި އެތައް ހާސް ކުޑަކުދިން ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލަމުންދާ ވަގުތެއްގައެވެ.

އުންރުވާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރާއީލުން ޣައްޒާގައި އަޅާފައިވާ ބްލޮކޭޑްގެ ސަބަބުން އެންމެ ބޮޑަށް އެހީއަށް ބޭނުންވާ މީހުންނަށް އަސާސީ ކާބޯތަކެތި ލިބުން ވަނީ ހުއްޓިފައި ކަމަށެވެ. އަދި އިންސާނީ އެހީ، އޭގެ ތެރޭގައި އުންރުވާ މެދުވެރިކޮށް ފޯރުކޮށްދޭ އެހީވެސް ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި ޣައްޒާއަށް ވެއްދުމުގެ ހުއްދަ މިހާރުން މިހާރަށް ދޭންޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާގެ މެޑިކަލް ރިލީފްގެ ޑިރެކްޓަރު އަލްޖަޒީރާއަށް ބުނެފައިވަނީ، ޣައްޒާގައި 17،000 ކުޑަކުދިން ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލަމުންދާ ކަމަށާއި، އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ގިނަ އަދަދެއްގެ ކުދިން މަރުވެދާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އޭނާ އިޒްރާއީލްގެ މައްޗަށް ޕްރެޝަރު ބޮޑުކޮށް، ކުޑަކުދިންގެ ކިރާއި ބޭސް ވެއްދުމުގެ ހުއްދަ ދިނުމަށް ގޮވާލިއެވެ.

ނިއުޔޯކް ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އދ.ގެ ހިއުމެނިޓޭރިއަން އެފެއާޒް ކޯޑިނޭޝަން އޮފީހުގެ ސްޕޯކްސްޕަރސަން ބުނެފައިވަނީ ޣައްޒާއަކީ މިވަގުތު ދުނިޔޭގެ އެންމެ ބަނޑުހައިހޫނުކަން ބޮޑު ސަރަހައްދު ކަމަށެވެ. އަދި އެހީ ބެހުމުގެ އައު މަރުކަޒުތައް މަރުގެ ދަންތުރަތަކަކަށް ބަދަލުވެފައިވާ ކަމަށެވެ.

މާރިޗު 2އިން ފެށިގެން އިޒްރާއީލުން ވަނީ ޣައްޒާގެ ބޯޑަރު ހުރަސްކުރާ ސަރަހައްދުތައް ބަންދުކޮށް، ކާބޯތަކެއްޗާއި، އިންސާނީ އެހީއާއި، މެޑިކަލް ސަޕްލައިސް އަދި އެހެނިހެން މުދާ ވެއްދުން ހުއްޓުވާފައެވެ. މިކަމުގެ ސަބަބުން ފަލަސްޠީނުގެ އިންސާނީ ހާލަތު ވަނީ ނުހަނު ދަށަށް ގޮސްފައިކަމަށް ސަރުކާރުގެ، އިންސާނީ ޙައްޤުތަކުގެ އަދި ބައިނަލްއަޤްވާމީ ރިޕޯޓުތަކުން ދައްކައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS