ޚަބަރު
ހިޖުރީ އައު އަހަރުގެ ތަހުނިޔާ ރައީސްގެ އަނބިކަނބަލުން ފަަސްޓް ލޭޑީ މެޑަމް ސާޖިދާ ފޮނުއްވައިފި

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ:ރައީސް އޮފީސް
މިއަދު ފެށުނު ހިޖުރީ 1447 ވަނަ އަހަރާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ދިވެހި އަދި އިސްލާމީ އުންމަތަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އެކަމަނާ މި ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގެ ޒަރީޢާއިންނެވެ.
އެކަމަނާގެ ޕޯސްޓުގައި ވަނީ މުޅި އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މާތްﷲ މިންވަރު ކުރައްވާ، އަދި ޚާއްޞަގޮތެއްގައި ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރައްވައި، ރަޙުމަތް ލެއްވުމަށް އެދި ހެޔޮ ދުޢާ ކުރައްވާފައެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.
— First Lady Sajidha Mohamed (@sajidhaamohamed) June 26, 2025
އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މާތްﷲ މިންވަރު ކުރައްވާށި. ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރައްވާށި. އާމީން pic.twitter.com/XpjcJELLmX
ހިޖުރީ އައު އަހަރު ފާހަގަކުރެވެނީ، އިސްލާމް ދީނުގެ މަތިވެރި ނަބިއްޔާ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ޙާދިސާ ހަނދާންކުރުމުގެ ގޮތުންނެވެ. މިއީ އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ ދަތުރުފުޅެކެވެ. މިއަހަރު އިސްލާމީ އުއްމަތާ ބައްދަލުކުރީ ހިޖުރީ 1447 ވަނަ އަހަރާއެވެ.