ޚަބަރު
މޮޒަމްބީކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

މޮޒަމްބީކް އަދި ރާއްޖޭގެ ދިދަ/ފޮޓޯ: ޕޮންޑް5
ހުލާސާ
މޮޒަމްބީކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުއްވައިފި އެވެ.
ވަޒީރު ވަނީ، އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން އޮފް ދަ ރިޕަބްލިކް އޮފް މޮޒަމްބީކް، މާރިއާ މެނުއޭލާ ޑޮސް ސަންޓޯސް ލޫކަސް އަށް ޚާއްޞަ މެސެޖެއް ފޮނުއްވާފައެވެ.
މި މެސެޖުގައި ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، މޮޒަމްބީކްގެ ސަރުކާރަށާއި ރައްޔިތުންނަށް، އެޤައުމުގެ މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި މޮޒަމްބީކް އާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެ ޤައުމުގެ ވަޒީރާއި ގާތުން މަސައްކަތް ކުރުމަށް އުންމީދުކުރައްވާކަމަށް ވަޒީރު ޑރ. ޙަލީލް ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މޮޒަމްބީކްގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.