Ads by Stelco

ޚަބަރު

ސްޓެލްކޯއިން އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށް، 35 މުވައްޒަފަކަށް ލައިސެންސް ދީފި

ސްޓެލްކޯއިން އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކޮށް، 35 މުވައްޒަފަކަށް ލައިސެންސް ދީފި

ސްޓެލްކޯއިން އިންހައުސް ޓްރެއިނަރސް ޕޫލް އިފްތިތާޙުކުރުން ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖޫން 2025، 05:35

24 ޖޫން 2025، 05:35

ސްޓެލްކޯގެ މުވައްޒަފުންގެ ޢިލްމާއި ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުންފުނީގެ މުވައްޒަފުންނަށް އިންޓަރނަލް ޓްރެއިނިންގ ދިނުމުގެ މަސައްކަތެއް ކަމަށްވާ ސްޓެލްކޯ އިންހައުސް ޓްރެއިނަރސް ޕޫލް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޕޫލް އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

ސްޓެލްކޯއިން ބުނީ، މި ޕޫލްގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރާއި ތަޖުރިބާ ފައިދާހުރި ގޮތެއްގައި ބޭނުންކޮށް، މުވައްޒަފުންނަށް ބޭނުންވާ ޢިލްމާއި ހުނަރު އެންމެ ގާތުން ފޯރުކޮށްދިނުން ކަމުގައެވެ. މި މަސައްކަތުގެ ދަށުން، މުވައްޒަފުންގެ ތެރޭގައި ހުރި ހުނަރު ދެނެގަނެ، އެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް ކުންފުނީގެ ތެރެއިން ތަމްރީނު ދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

މި އިފްތިތާޙީ ރަސްމިއްޔާތުގައި ސްޓެލްކޯގެ 35 މުވައްޒަފަކަށް ވަނީ "ޓްރެއިން ދަ ޓްރެއިނަރ" އިންޓަނޭޝަނަލް ސެޓްފިކެޓް ހާސިލްކުރުމަށްފަހު، ސްޓެލްކޯގެ ސެޓިފައިޓްޑް ޓްރެއިނަރެއްގެ ލައިސެންސް ދޫކޮށްފައެވެ. މީގެ އިތުރުން ސްޓެލްކޯ ޓްރެއިނަރސް ޕޫލްއިން ކުރިއަށް ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގތަކުގެ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ.

މި ޕޫލްގައި މިވަގުތު 35 މުވައްޒަފުން ހިމެނޭއިރު، މީގެ ތެރޭގައި އެކި ދާއިރާތަކުގެ އިންޖީނިއަރުންނާއި ޓެކްނީޝަނުންނާއި، އިދާރީ އެކި ދާއިރާތަކާއި، ހިއުމަން ރިސޯސްއާއި، ސެކިއުރިޓީއާއި މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް ދާއިރާ ފަދަ ގިނަ ދާއިރާތަކަށް ޚާއްސަ މުވައްޒަފުން ހިމެނެއެވެ.

ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި، މި ޕޫލް އިތުރަށް ތަރައްޤީކޮށް، ކުރިއަށް އޮތް ތާނގައި ބައިނަލްއަޤުވާމީ ފެންވަރަށް އިތުރު މުވައްޒަފުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއީ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، ކުންފުނީގެ ކިބައިން ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރާ މަސައްކަތެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS