Ads by Stelco

ޚަބަރު

އަލަށް ފުލުހުންގެ ޚިދުމަތާ ގުޅުނު 133 ފުލުހުން ހުވާކޮށްފި

އަލަށް ފުލުހުންގެ ޚިދުމަތާ ގުޅުނު 133 ފުލުހުން ހުވާކޮށްފި

އަލަށް ފުލުހުންގެ ޚިދުމަތާ ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ފޮޓޯ: ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޖޫން 2025، 05:30

24 ޖޫން 2025، 05:30

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ހުވާކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް އަލަށް ގުޅުނު ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަބްދުލް ނާސިރު ޝަފީޤުއެވެ. ހުވާ ކުރުމުގެ މި މުހިންމު ފިޔަވަހީގައި، އަލަށް ފުލުހުންގެ ޚިދުމަތަށް ވަނުމަށް ތައްޔާރުވެފައިވާ 133 ފުލުހުން ވަނީ އެބޭފުޅުންގެ ޤައުމީ ވާޖިބަށް ވަފާތެރިވުމަށް އަޒުމް ކަނޑައަޅާފައެވެ.

މި ރަސްމިއްޔާތުގައި ހުވާކުރި 133 ފުލުހުންގެ ތެރޭގައި ހިމެނެނީ 34 އަންހެން ފުލުހުންނާއި 99 ފިރިހެން ފުލުހުންނެވެ. ހުވާކުރުމަށްފަހު، މި ހުރިހާ ފުލުހުންވެސް ވަނީ ފުލުހުންގެ ޚިދުމަތަށް ވަނުމަށް ކުރަންޖެހޭ ހުވާގެ އިޤުރާރުގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފްއާއި، ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS